ކ. މާލެ
|
19 ޖޫން 2023 | ހޯމަ 07:18
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ވޯކާ
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ވޯކާ
ޓްވިޓަރ
ބަޔާން މިއުނިކް
ސިޓީގެ ޑިފެންޑަރު ވޯކާ ހޯދުމަށް ބަޔާނުން ބޭނުންވޭ!
 
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އާއި ވޯކާގެ އެޖެންޓުންނާއެކު "ސިއްރު" ބައްދަލުވުންތަކެއް ވަނީ ކުރިއަށް ގެންގޮސްފައި

މެެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ކައިލް ވޯކާ ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކުން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ޑިފެންޑަރު ޓޮޓެންހަމް ދޫކޮށް އެންމެ ފުރަތަމަ ސިޓީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އޭރު އެކުލަވާލި ފަސް އަހަރު ދުވަހުގެ އެއްބަސްވުން ހަމަވުމުގެ ކުރިން، 2019 ވަނަ އަހަރު ސިޓީން ވަނީ އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. ސިޓީ އާއެކު ވޯކާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ. އެހެން ނަމަވެސް ވޯކާ މިހާރު ބޭނުން ވަނީ ސިޓީ ދޫކޮށްލަން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަން އެގޮތަށް ރިޕޯޓުކޮށްފައިވާއިރު، ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އާއި ވޯކާގެ އެޖެންޓުންނާއެކު "ސިއްރު" ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ކުރިއަށް އޮތް ސީޒަނަށް ބަޔާންގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި އެ ޓީމުން ޑިފެންޑަރުން ހޯދަން ބޭނުންވެ އެވެ. އެކަމުގައި ތެރެއިން ވޯކާ އަކީ ޓުޗެލް ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށާއި، އެހެންކަމުން އޭނާ ހޯދުމަށް ބަޔާނުން އިސްކަން ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވޯކާގެ އެޖެންޓުންނާއެކު ޓުޗެލް ސިއްރު ބައްދަލުވުން ބޭއްވި ކަމަށް ބުނެފައިވީ ނަމަވެސް، ދެ ކުލަބުގެ ދެމެދުގައި މިހާތަނަށް ރަސްމީ އެއްވެސް މަޝްވަރާއެއް ކުރެވިފައެއްނުވެ އެވެ. ނަމަވެސް ވޯކާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ބަޔާނުން ސިޓީއާއެކު މަޝްވަރާ ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސިޓީގައި ހޭދަކުރި ހަ ސީޒަނުގައި ވޯކާ ވަނީ އެ ޓީމަށް 254 މެޗު ކުޅެދީ، ހަ ލަނޑު ޖަހައިފަ އެވެ. ސިޓީއާއެކު އޭނާ 14 ތައްޓެއް ކާމިޔާބުކޮށްފައިވާއިރު، ވޯކާ އަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިސްކަން ދެމުން އަންނަ ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނަށް ސިޓީން ތައްޔާރުވަމުން އަންނައިރު، ގާޑިއޯލާގެ ޕްލޭންގައި ވޯކާ ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް