ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 15:40
ބީއެމްއެލް ސްޓާޓަޕް ގްރާންޓް
ބީއެމްއެލް ސްޓާޓަޕް ގްރާންޓް
ބީއެމްއެލް
ސްޓާޓަޕް ގްރާންޓް
ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެދުމުގެ ފުރުސަތު ޖުލައި 2 ގެ ނިޔަލަށް
 
މި ޕްރޮގްރާމުގެ ދަށުން 2 ވިޔަފާރިއެއް ހޮވާނެ
 
ފަސްލައްކަ ރުފިޔާއާ ހަމައަށް އެހީ ދޭނެ

ބީއެމްއެލް އިން ދޫކުރާ ފަސްލައްކަ ރުފިޔާގެ ހިލޭ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ ދެވަނަ ދުވަހު ހަމަވާނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ދޭ ހިލޭ އެހީ އަށް އެދިހުށަހެޅުމުގެ ފުރުސަތު 2 ޖުލައި 2023 ވަނަ ދުވަހުގެ ރޭ 12:00 އަށް ހަމަވާނެއެވެ. ކޮންމެ ވެސް 2 ވިޔަފާރިއެއް ހޮވައި، ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ އާއި އެ ވިޔަފާރި ފަށައިގަތުމަށް ބޭނުންވާނެ ފައިނޭންޝަލް އެޑްވައިސް ބީއެމްއެލް އިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

އާންމު ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ އަހަރެއް ވެފައިނުވާ ވިޔަފާރިތަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހިލޭ އެހީ ލިބޭ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދެވޭ އިވެލުއޭޝަންތަކަށް ފަހުގައެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ހޮވައި ޝޯޓުލިސްޓް ކުރެވޭއިރު، ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގުނު މުޖުތަމައުއަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު 4 ވިޔަފާރިއަކަށް މި އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރެއިން ހިލޭ އެހީ ލިބުނު ނިރިސް އެމްބްރޮއިޑަރީގެ އައުޓްލެޓެއް ދާދިފަހުން ވަނީ ހުޅުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް