ޔޫރޯ ކޮލިފައިންގައި އިންގްލެންޑާއި ފްރާންސުން ކުޅުނު މެޗުތައް އެ ދެ ޓީމުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ހުކުރު ދުވަހު ފްރާންސް އިން ނުކުތީ ޖިބްރޯލްޓަރއާ ދެކޮޅަށެވެ. މި މެޗު ފްރާންސް އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޖިރޫޑް ވަނީ ފްރާންސަށް ލަނޑެއް ޖަހާދީފައެވެ. އޭގެފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ލީޑު ފުޅާކޮށްދީފައެވެ. ފްރާންސްގެ ތިންވަނަ ލަނޑަކީ މެޗުގެ 78 ވަނަ މިނެޓުގައި ޖިބްރޯލްޓަރގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ޔޫރޯ ކޮލިފައިންގައި އިންގްލެންޑު ކުޅުނީ މަލްޓާއާ ދެކޮޅަށެވެ. އިންގްލެންޑުން މެޗު ކާމިޔާބުކުރީ 4-0 އިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި މަލްޓާގެ ފަރޑިނެންޑޯ އަޕާޕް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. އޭގެފަހުން 28 ވަނަ މިނެޓުގައި އިންގްލެންޑަށް އިތުރު ލަނޑެއް ޖަހައިދިނީ އާނޯލްޑެވެ. އެ ޓީމުގެ ފަހު ދެ ލަނޑަކީ ލިބުނު ދެ ޕެނަލްޓީއެވެ. މި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ހެރީ ކޭން އާއި ވިލްސަންއެވެ.
ހުކުރު ދުވަހުގެ މެޗުތަކަށްފަހު ފްރާންސް އޮތީ 9 ޕޮއިންޓާއެކު ގުރޫޕު ބީގެ އެއްވަނައިގައެވެ. އިންގްލެންޑު އޮތީ 9 ޕޮއިންޓާއެކު ގުރޫޕު ސީގެ އެއްވަނައިގައެވެ.