Advertisement
ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 15:00
 އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރާއްޖެ އެމްވީ
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ
ރޮޒެއިނާގެ ރައްދު އުޝާމަށް: އަބަދުވެސް ޕާޓީތަކުގެ މަސައްކަތްތަކަށް ސްކޫލް ހޯލްތައް ދޭ
އޭބޭފުޅުންވެސް ބޭނުންވާނަމަ، އަވަހަށް ހޯލުތައް ހޯއްދެވުމަށް އެދިލެއްވުމަށް ރޮޒެއިނާ ވަނީ ގޮވާލައްވާފައި
ކޮންގްރެސް ފަދަ ކަންކަމަށްވެސް ސްކޫލު ހޯލުތައް ދޭކަން މެމްބަރު އުޝާމްއަށް ވެސް އެނގިލައްވާނެ

އަބަދުވެސް ޕާޓީތަކުގެ މަސައްކަތްތަކަށް ސްކޫލް ހޯލްތައް ދޭކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމަށް ރައްދު ދެއްވައިފިއެވެ.

އުޝާމް ވަނީ އެމްޑީޕީގެ ބޭނުންތަކަށް ސުކޫލުތައް ބޭނުން ކުރެވޭ ކަމަށާއި، ނަމަވެސް އެހެން ޕާޓީތަކުގެ ބޭނުންތަކަށް ސްކޫލުތައް ދޭން އެދުމުން އެޑިއުކޭޝަން މިނިސްޓްރީން އެ ހުއްދަ ނުދޭކަމަށް ވިދާޅުވެ، މިއަހަރު ބޭއްވޭ އިންތިހާބު އިންސާފުވެރި ނުވާނެކަމަށް ވިދާޅުވެފައެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ، އަބަދުވެސް ޕާޓީތަކުގެ އެފަދަ މަސައްކަތްތަކަށް ސްކޫލް ހޯލްތައް ދޭ ކަމަށެވެ.

Advertisement

އޭގެ އިތުރުން، ސްކޫލު ހޯލުތައް ނުދެނީ ކެމްޕެއިން ޖަލްސާތައް ބާއްވަންކަންވެސް ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ، ވާރކް ޝޮޕްތަކާއި، ގައުމީ މަޖިލިސް ބައްދަލުވުންތަކާއި، ކޮންގްރެސް ފަދަ ކަންކަމަށްވެސް ސްކޫލު ހޯލުތައް ދޭކަން މެމްބަރު އުޝާމްއަށް ވެސް އެނގިލައްވާނެ ކަމަށެވެ.

އޭބޭފުޅުންވެސް ބޭނުންވާނަމަ، އަވަހަށް ހޯލުތައް ހޯއްދެވުމަށް އެދިލެއްވުމަށް ރޮޒެއިނާ ވަނީ ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް