ކ. މާލެ
|
16 ޖޫން 2023 | ހުކުރު 17:16
ގޭސްފުޅި ގޮވި ގޭގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަނީ
ގޭސްފުޅި ގޮވި ގޭގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ގޭސްފުޅިއެއް ގޮވުން
މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހު 14:25 އެހާއިރު
35 އަހަރުގެ އަންހެނަކަށް ނޭވާލާން އުނދަގޫވި

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މއ. ގުލާބީގޭގެ 5 ވަނަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހު 14:25 އެހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ ގޭސް ލީކުވެފައިހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާގައި 35 އަހަރުގެ އަންހެނަކަށް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތުވަނީ ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އުނދުނަށް ވެސް ވަނީ ގެއްލުންވެފައެވެ.

- ކޮމެންޓް