ކ. މާލެ
|
16 ޖޫން 2023 | ހުކުރު 15:06
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު
58 އިންސައްތައިން ރައީސް އިންތިހާބު ކާމިޔާބު ކުރައްވާނެ - ޖާބިރު
 
ރައީސް ފިޔަވައި ދެން ތިބި ބޭފުޅުން އިންތިހާބަށް ތައްޔާރެއް ނޫން
 
ކޯލިޝަނަކީ ގަބޫލުކުރާ އެއްޗެއް ނޫން

ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް 58 އިންސައްތަ ކާމިޔާބުކުރައްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި ކޯލިޝަން ގަބޫލުކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. ޖާބިރު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ ހަރާން އެއްޗެއް ކަމަށެވެ. އެއީ ރާއްޖޭގެ ވެރިކަން ކުރަން ވާނި ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބާއި ކެބިނެޓް ކަމަށް ގާނޫނު އަސާސީގައި ސްޓްރަކްޗަރ ކޮށްފައި އޮންނާތީ ކަމަށެވެ.

ޖާބިރު ވިދާޅުވީ ކޯލިޝަންއަކީ މާ ނުފަރިތަ ސިސްޓަމެއް ކަމަށެވެ. އަދި އޭގެ ނަތީޖާ އެއް ނުފެންނަ ކަމަށާއި، އެއީ ދެތިން ޕާޓީއަކަށް ފައިދާވާ ސިސްޓަމެއް ކަމަށެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާވާނީ ރައީސުލްޖުމްހޫރިއްޔާ އެއްބުރުން ހޮވައިގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންވީމާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ މިކަހަލަ ކަންތައްތަކަށް ވަރަށް މޮޅު ބޭފުޅެއް. މަޑުމަޑުން އިންނަވައިގެން ގޮސް އަރަންޖެހޭނީ. 58 އިންސައްތަ ރައީސް ވިން ކުރައްވާނެ އެއްބުރުން.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ ރިޔާސީ އިންތިހާބަށް، ރައީސް ޞާލިހު ފިޔަވައި، ދެންތިބި ބޭފުޅުން ތިއްބެވީ އެހާ ތައްޔާރުވެވަޑައިގެން ނޫން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އަތުގައި ލާރިއެއް ނެތް ކަމަށާއި، ދެން އެހިސާބުން އެ ފެއިލްވީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިތާކު ނެތް ތައްޔާރުވެގެން ތިބި ބަޔަކު. އަޅުގަނޑު އެއްވެސް ކޯލިޝަނެއް ނަހަދާނަން. އަޅުގަނޑު ހުންނާނީ ރައީސް ޞާލިހާ އެކު. ގިނަ ބަޔަކު ބޭނުންވަނީ ދެވަނަ ބުރަކަށްދާން.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ ރާއްޖޭގެ މެޖޯރިޓީގެ ތެރެއިން ޕާޓީ ސިސްޓަމަށް ތާއިދުނުކުރާ މީހުން ވަރަށް ގިނަ ކަމަށެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާއަށް ތާއިދުކުރައްވާ މީހުން ތިބެދާނެ ކަމަށާއި، ދެ ފެމެލީ ދޭތެރޭގެ ނާޗަރަންގީ ދެކެ މީހުން ފޫހިވެއްޖެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި