ކ. މާލެ
|
16 ޖޫން 2023 | ހުކުރު 13:16
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް އައްޒާމް ވަޖީހު
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް އައްޒާމް ވަޖީހު
ރާއްޖެއެމްވީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ
އެލަވަންސަށް ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 350 މިލިއަން ރުފިޔާއާ ހަމައަށް ބަޖެޓަށް ބަދަލު އަންނާނެކަމަށް ބެލެވޭ: އައްޒާމު
 
އެލަވަންސަށް ސަރުކާރުން ބަދަލު ގެނައި ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު

އެލަވަންސަށް ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 350 މިލިއަން ރުފިޔާއާ ހަމައަށް ބަޖެޓުން މިއަހަރު ހަރަދު ވާނެކަމަށް ބެލެވޭ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް އައްޒާމް ވަޖީހު ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އައްޒާމު ވިދާޅުވީ އެލަވަންސަށް ސަރުކާރުން ބަދަލު ގެނައި ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ.

އައްޒާމު ވިދާޅުވީ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު ވަރަށް ގިނަ ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވި ކަމަށެވެ. އަދި މިހާރު ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 4000 ވަރަކަށް މީހުން ދަފްތަރަށް ރަޖިސްޓްރީ ނުކޮށް ވާކަމަށް ބެލެވޭކަމަށް ވެސް ވިދާޅުވިއެވެ.

ދަފްތަރު ބޭނުންކުރަނީ ހަމައެކަނި ފައިސާގެ އިނާއަތް ދިނުމަކަށް ނޫންކަމަށާއި، މުއައްސަސާތަކުން ދެމުންދާ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ދަފްތަރު ބޭނުންކުރާކަމަށް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވަންސް 6،000 ރުފިޔާއާ ހަމައަށް ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުންދަނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާކަން އިއުލާނުކުރައްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މިއަހަރުގެ މެއި މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި 11،371 މީހުން ވަނީ ދަފްތަރުކޮށްފައެވެ.

ކޮމެންޓް