ހަފްތާ ބަންދުގައި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށެވެ.
މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް މަޑުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.