ކ. މާލެ
|
12 ޖުލައި 2017 | ބުދަ 13:28
 އުރްދޮޣާން ވިދާޅުވީ ތުރުކީގެ "އަޣްލަބިއްޔަތު" ރައްޔިތުން މިހާރު އީޔޫއާ ގުޅެން ބޭނުން ނުވާކަމަށް
އުރްދޮޣާން ވިދާޅުވީ ތުރުކީގެ "އަޣްލަބިއްޔަތު" ރައްޔިތުން މިހާރު އީޔޫއާ ގުޅެން ބޭނުން ނުވާކަމަށް
އަލްޖަޒީރާ
ތުރުކީ-އީޔޫ
އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން
އުރްދޮޣާން ވިދާޅުވީ އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފިކަމަށް
އުރްދޮޣާން ވިދާޅުވީ ތުރުކީގެ "އަޣްލަބިއްޔަތު" ރައްޔިތުން މިހާރު އީޔޫއާ ގުޅެން ބޭނުން ނުވާކަމަށް

އީޔޫގެ މެމްބަރެއްގެ ގޮތުގައި ތުރުކީ ބަލައިނުގަނެވޭކަމަށް އެ ޖަމާއަތުން ކުރިން ބުނި ނަމަ ތުރުކީއަށް "ފަސޭހަ" ވީސް ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރްދޮޣާން ބީބީސީގައި ވިދާޅުވެއްޖެއެވެ.

ހާޑްޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުރްދޮޣާން ވިދާޅުވީ އެ ގައުމުގައި "ދެ ފައިމައްޗަށް ކޮޅަށް ހުރުމުގެ ގާބިލްކަން އެބަހުރި" ކަމަށެވެ.

ތުރުކީގައި  150 ނޫސްވެރިން ޖަލަށް ލާފައިވާކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި ރައީސް އުރްދޮޣާން ވިދާޅުވީ ޖަލަށް ލާފައިވާނީ ޕްރެސްކާޑް އޮތް އެންމެ ދެ މީހުން ކަމަށެވެ.

އުރްދޮޣާން މިހެން ވިދާޅުވެފައި މިވަނީ އެ ގައުމުގައި ހުންނަ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޑިރެކްޓަރާއި އިތުރު ނުވަ މީހެއްގެ ބަންދުގެ މުއްދަތު ތުރުކީއިން އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އައިޑްލް އީޒަރ ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހު ޑިޖިޓަލް ސެކިއުރިޓީ އެންޑް އިންފޮމޭޝަން ވޯކްޝޮޕެއްގެ ތެރެއިން އިތުރު ހަތް މީހަކާއި ޓްރެއިނަރުންގެ ގޮތުގައި ބޭރު ގައުމުތަކުން ގޮސް ތިބި ދެމީހަކާއެކުއެވެ.

މި 10 މީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އެ މީހުންނަކީ"ހަތިޔާރުއެޅި ޓެރެރިސްޓް ޖަމާއަތެއްގެ މެމްބަރުން" ކަމަށެވެ. އެމްނެސްޓީން ބުނެފައިވަނީ އެމީހުންނަށްވެސް އެއީ ކޮން ޖަމާއަތެއްކަން ނޭނގޭ ކަމަށެވެ.

އެމީހުންގެ ބަންދާއެކު ބައިނަލްއަގްވާމީ މުޖުތަމައުއިން ދަނީ ރައީސް އުރްދޮޣާންގެ ވެރިކަމުގައި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާކަމުގެ އިންޒާރުގެ ރަނގަބީލް އަޅަމުންނެވެ.

"އެއް ދުވަސްވަރެއްގައި އަޅުގަނޑުގެ ބޮޑުވަޒީރު ކަމުގެ ފުރަތަމަ ދައުރުގައި، ޔޫރަޕިއަން ޔޫނިއަން ލީޑަރުންގެ ސަމިޓްގައި ތުރުކީ ސިފަކުރަމުންދިޔައީ ހިމޭން އިންގިލާބެއް ގެނެސްފައިވާ ގައުމެއްގެ ގޮތުގައި. އެކަމަކު މިއަދު  ހަމަ އެ އީޔޫއިން، ހަމައެކަނި އަޅުގަނޑުމެންނަށް ދައުވަތު ނުދެނީއެއްވެސް ނޫނޭ އެކަމަކު އެމީހުން އަޅުގަނޑުމެންގެ ވަގުތުވެސް ބޭކާރުކޮށްފި. މިއީ މިހާރުގެ ހާލަތަކީ" އުރްދޮޣާން ވިދާޅުވިއެވެ.

އުރްދޮޣާން ވިދާޅުވީ ތުރުކީގެ "އަޣްލަބިއްޔަތު" ރައްޔިތުން މިހާރު  އީޔޫއާ ގުޅެން ބޭނުން ނުވާކަމަށެވެ. އަދި އީޔޫއިން އެމީހުންނަށް ހުށަހެޅި ހުށަހެޅުން އިޚްލާސްތެރި ނޫންކަމަށް ގަބޫލުކުރާކަމަށެވެ.

"މި ހުރިހާ ކަމަކާއެކުވެސް އަޅުގަނޑުމެން ތެދުވެރިކަމާއެކު ތިބޭނަން އީޔޫއަށްޓަކައި އަދި ކުޑަ ވަގުތުކޮޅަކު"

"އަޅުގަނޑުމެން ބަލާނަން އެކަމުން އަޅުގަނޑުމެންނަށް ލިބެނީ ކޮންއެއްޗެއްތޯ" އުރްދޮޣާން ވިދާޅުވިއެވެ.

- ކޮމެންޓް