ސޫދާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އަންގާރަ ދުވަހު ނިންމަން އޮތް ނިންމުން އިތުރު ތިން މަހަށް ފަސްކޮށްފިއެވެ.
އެމެރިކާ ސަރުކާރުން މި ނިންމުން މިގޮތަށް ނިންމީ ސޫދާން ސަރުކާރުގެ އަމަލުތަށް އިސްލާހު ކުރުމުގައި ކުރިއެރުންތައް ހޯދާފައިވޭތޯ ބެލުމަށެވެ.
ޖެނުއަރީގައި ރައީސް އޮބާމާ ވެރިކަމުން ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ އެތަކެއް އަހަރުވަންދެން ސޫދާނާށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދޭތެރެ ދޭތެރެއިން ރިވިއު ކުރަމުން ދާ ގޮތައް ހަމަޖައްސަވާފައެވެ. ކުރިން އޮތް ގޮތުން ބުދަ ދުވަހު ސޫދާން ސަރުކާރަށް އެެމެރިކާ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވިގެން ދާނެއެވެ.
ރައީސް ޓްރަމްޕްގެ ރިޔާސީ ގަރާރަކުން ސޫދާން ސަރުކާރަށް އަޅާފައިވާ ދަތިކުުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ ވިސްނުމަށް އިތުރު ތިން މަހުގެ މުއްދަތެއް އިތުރުކުރިއިރު، މި ނިންމެވުމުގެ ސަބަބުން، ފިވަޅުތައް އިތުރު ކުރަން ރައީސް ޓްރަމްޕްގެ ސަރުކާރުން ނުނިންމާހާ ހިނދަކު ސޫދާން ސަރުކާރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަންނަ އޮކްޓޯބަރު 13 ގައި ދާއިމަށް އުވިގެން ދާނެއެވެ.
ސޫދާން އާއި ދެކޮޅަަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އެގައުމުން އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުުރުމާއި، ކައުންޓަރ ޓެރަރިޒަމަށް މަސައްކަތް ނުކުުރުން ފަދަ ކަންކަމާއި ގުޅިގެންނެވެ.