ކ. މާލެ
|
12 ޖުލައި 2017 | ބުދަ 08:36
ބަޔާން އަށް ސޮއިކުރި ހަމޭސް ރޮޑްރިގޭޒް
ބަޔާން އަށް ސޮއިކުރި ހަމޭސް ރޮޑްރިގޭޒް
ޓްވިޓަރ
ހަމޭސް ރޮޑްރިގޭޒް
ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި
ހަމޭސް ހޯދުމަށް ޔުނައިޓެޑް އަދި ޕީއެސްޖީވެސް މަސައްކަތްކުރި

ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ރެއާލް އަށް ކުޅެމުން އައި ހަމޭސް ރޮޑްރިގޭޒް ބަޔާން މިއުނިކަށް ސޮއިކޮށްފި އެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ހަމޭސް ގެންނަން ނިންމާފައިވާކަން އިއުލާންކޮށް ބަޔާން އިން ނެރުނު ބަޔާނެއްގައި ބުނީ ހަމޭސްގެ އެ ކްލަބަށް ލޯން އެއްބަސްވުމެއްގެ ދަށުން ދެއަހަރު ދުވަހަށް ދޫކޮށްލަން ރެއާލް އިން އެއްބަސްވެފައިވާ ކަމަށެވެ.

ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވިދާޅުވީ، ހަމޭސް އަކީ ބަޔާންގެ ކޯޗު ކާލޯ އެންޗޮލޮޓީ ކުރިޔަށް އޮތް ސީޒަނަށް ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިޔާ ކަމަށާއި، އެކަން ފުރިހަމަކޮށްދެވުމުން ވަރަށް އުފާވެފައިހުރި ކަމަށެވެ.  

މީގެކުރިން އެންޗޮލޮޓީ ރެއާލް އަށް އިރުޝާދު ދީފައިވާއިރު، އޭނާ އެންމެ ގަޔާވާ ކުޅުންތެރިން ތެރޭގައި ހަމޭސް ހިމެނެއެވެ.

ރެއާލްގެ ސަޕޯޓަރުންނަށް ޓުވިޓާ މެދުވެރިކޮށް ހަމޭސް ފޮނުވި މެސެޖެއްގައި ބުނީ ފާއިތުވެދިޔަ ތިން އަހަރު ކްލަބުގެ ޖޯޒީ ލައިގެން ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކުރެވިއްޖެ ކަމަށާއި، ހިތު ތެރޭގައި ރެއާލްއާ މެދު އަބަދުވެސް ލޯބި އޮންނާނެ ކަމަށެވެ.

މިފަހަރުގެ ސީޒަނުގެ ކުރީކޮޅު ރެއާލްގެ ފުރަތަމަ 11 ގައި ހިމެނިގެން ހަމޭސް ކުޅުނު ކަމުގައިވީ ނަމަވެސް ފަހަކައް އައިސް އޭނާއަށް ވަނީ ރެއާލްގެ ފުރަތަމަ 11 އިން ޖާގަ ލިބޭ ގޮތް ނުވެފައެވެ.

ރެއާލް މެޑްރިޑާއި 2014 ވަނަ އަހަރު ގުޅުނު ހަމޭސް ރޮޑްރިގޭޒް ވަނީ މިހާތަނަށް ރެއާލް މެޑްރިޑަށް 110 މެޗު ކުޅެދީ 36 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން އޭނާ ވަނީ ރެއާލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް