ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 07:30
ޕީއެސްޖީގެ ފަރިތަކުރުމުގައި އެމްބާޕޭ ބައިވެރިވަނީ
ޕީއެސްޖީގެ ފަރިތަކުރުމުގައި އެމްބާޕޭ ބައިވެރިވަނީ
ރޮއިޓާރސް
ޕީއެސްޖީ
ޕީއެސްޖީގެ އެއްބަސްވުން އައުނުކުރާނެ ކަމަށް އެމްބާޕޭ އަންގައިފި
 
ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހު

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މިހާރު އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދެން އެއްބަސްވުން އައުނުކުރާނެ ކަމަށް އޭނާ އެ ކުލަބަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތްއިރު، އޭނާ ބަހައްޓަން ޕީއެސްޖީން ބޭނުންވާނެ އެވެ. ޕީއެސްޖީއާއެކު އެންމެ ފުރަތަމަ އެމްބާޕޭ ސޮއި ކުރި ދާއިމީ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިދިޔަ ސީޒަނުގެ ނިޔަލަށެވެ. އެއާއެކު އޭނާ އެ ކުލަބު ދޫކޮށް، ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ޕީއެސްޖީން ވަނީ އެމްބާޕޭގެ އެއްބަސްވުން ދެ އަހަރަށް އައު ކޮށްފަ އެވެ. އޭނާ ރެއާލަށް ނޫނެކޭ ބުނީ ފަހު ވަގުތު ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. އޭރު އެމްބާޕޭ ޕީއެސްޖީގެ އެއްބަސްވުން އައު ކުރީ ކުލަބުން އޭނާ އަށް ބޮޑެތި ބާރުތަކެއް ވެސް ލިބޭ ގޮތަށެވެ.

ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދެން އެއްބަސްވުން އައު ނުކުރާނެ ކަމަށް މިހާރު އޭނާ ވަނީ ޕީއެސްޖީ އަށް އަންގާފައި ކަމަށް ބުނެފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ރެއާލުން ކުރެ އެވެ. ޕީއެސްޖީގެ އެއްބަސްވުން އެމްބާޕޭ އައު ނުކޮށްފި ނަމަ، ކުލަބުން ވިސްނަނީ ހިލޭ ޓްރާންސްފާއެއްގެ ބަދަލުގައި، ރަނގަޅު އަގެއް ލިބޭ ގޮތަށް އޭނާ ދޫކޮށްލަން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން އައު އެއްބަސްވުމެއްގައި އެމްބާޕޭ ލައްވާ ސޮއި ކުރުމަށް ޕީއެސްޖީން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މޮނާކޯ ދޫކޮށް ޕީއެސްޖީ އަސް ބަދަލުވި ފަހުން އެމްބާޕޭ އަންނަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕީއެސްޖީގައި މިވަގުތު އެ ޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 260 މެޗުގައި 212 ލަނޑު ޖަހައިިފަ އެވެ. އެމްބާޕޭ އަކީ ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 12 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް