Advertisement
ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 07:20
އަރބަންކޯގެ ބަހެއްގައި ޙައްޖާޖީން އެއަރޕޯޓަށް ގެންދަނީ
އަރބަންކޯގެ ބަހެއްގައި ޙައްޖާޖީން އެއަރޕޯޓަށް ގެންދަނީ
އަރބަންކޯ
ހައްޖުވެރިން
ހައްޖުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގައި އަރބަންކޯ އިން އެހީވަނީ
ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ވަނީ ސައޫދީއަށް ގޮސްފައި
އަރބަންކޯއިން މި މަހުގެ 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު 243 ހައްޖުވެރިން އެއާޕޯޓަށް ގެންގޮސްދޭނެ

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ދަތުރުގައި އެހީތެރިވުމަށް އަރބަންކޯ އިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ފަށައިފިއެވެ.

މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށާފައިވަނީ ހޯމަ ދުވަހުން ފެށިގެންނެވެ. އަރބަންކޯއިން ބުނީ ހުރިހާ ހައްޖުވެރިން ފުރަންދެން އެ މީހުންގެ ލަގެޖާއި ހައްޖުވެރިން އެއަރޕޯޓަށް ގެންގޮސްދިނުމުގެ ހިދުމަތް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.

އަރބަންކޯއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި، އަލްމަނާސިކް އަދި އަލްހަރަމައިންގެ ހައްޖުވެރިންނާއި އެ މީހުންގެ ލަގެޖު އެއާޕޯޓަށް ގެންގޮސްދޭނެއެވެ.

Advertisement

އަރބަންކޯ އިން ބުނީ، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ގެންދާނީ ޖުމުލަ ތިން ދުވަހެއްގައި ކަމަށެވެ. އެގޮތުން ހޯމަ ދުވަހު 243 ހައްޖުވެރިން ގެންގޮސްފައިވާއިރު 16 ވަނަ ދުވަހު އާއި 19 ވަނަ ދުވަހު 243 ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހޯމަ ދުވަހު ހައްޖަށް ފުރީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 294 ހައްޖާޖީންނެވެ. އެ ހައްޖުވެރިން މިހާރު ވަނީ ސައޫދީ އަރަބިއްޔާއަށް ގޮސްފައެވެ.

ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކާއި ކުންފުނިތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް