Advertisement
ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 07:17
އަރބަންކޯއިން ސްޓެލްކޯއަށް ޗެލެންޖުކޮށް ރަމްޒީ މަޝަންދަތި އަރުވަނީ
އަރބަންކޯއިން ސްޓެލްކޯއަށް ޗެލެންޖުކޮށް ރަމްޒީ މަޝަންދަތި އަރުވަނީ
އަރބަންކޯ
އަރބަންކޯ
ސާފުކުރުމުގެ ހަރަކާތްތައް ބޭއްވުމަށް އަރބަންކޯއިން ޗެލެންޖެއް ފަށައިފި
މިއީ ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް ސާފުތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުމަށް ތައާރަފު ކުރި ޗެލެންޖެއް
އަރބަންކޯއިން ވަނީ ސްޓެލްކޯއަށް ކްލީން އަޕް އިވެންޓެއް ބޭއްވުމަށް ޗެލެންޖުކޮށްފައި

ތިމާވެށި ސާފުކޮށް ރައްކާތެރިކުރުމުގެ މަގްސަދުގައި އަރބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކްލީން އަޕް ޗެލެންޖެއް ފަށައިފިއެވެ.

މި ޗެލެންޗު ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އަރބަންކޯއިން ހުޅުމާލޭގައި ބޭއްވި "ސާފު ހުޅުމާލެ މެގަ ކްލީން އަޕް" އިވެންޓުގެ ތެރެއިންނެވެ.

އަރބަންކޯއިން ތައާރަފްކުރި މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުންވެސް އެއް މަސްދުވަހުގެ ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރަން ޖެހޭނެއެވެ. ހޮނިހިރު ދުވަހު ބޭއްވި އިވެންޓަށް ފަހު އަރބަންކޯއިން ޗެލެންޖު ކުރީ ސްޓެލްކޯއަށެވެ. އެހެންކަމުން އެއް މަސްދުވަހުގެ ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބާއްވަން ޖެހޭނެއެވެ.

Advertisement

މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށްފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވާނެއެވެ. ހުޅުމާލޭގައި ބޭއްވި އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ވާނީ ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައެވެ. މި ފިލާ ސްޓެލްކޯއާ ހަވާލު ކުރެއްވީ އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފުއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ޗެލެންޖުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ސާފުކުރުމަށް އަރބަންކޯއިން ކުރިއަށްގެންދިޔަ ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖެއަށް ފުޅާކޮށްގެން ކުރިއަށްގެންދެވޭ ބޮޑު ހަރަކާތަކަށް ހެދުމެވެ. އަދި ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް ސާފުތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުމަކީ ވެސް މި ޗެލެންޖުގެ ބޭނުމެއް ކަމަށް އަރބަންކޯއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް