ކ. މާލެ
|
12 ޖޫން 2023 | ހޯމަ 19:03
ވެޓަރަންސް މުބާރާތުގެ ތެރެއިން
ވެޓަރަންސް މުބާރާތުގެ ތެރެއިން
ކެރަމް އެސޯސިއޭޝަން
ވެޓަރަންސް ކެރަމް މުބާރާތް
ކެރަމް އެސޯސިއޭޝަންގެ ވެޓަރަންސް ކެރަމް މުބާރާތް ފަށައިފި
މި މުބާރާތުގައި ޖުމްލަ 24 ކުޅުންތެރިން ބައިވެރިވެފައިވޭ

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން މުޅިން އަލަށް ބާއްވާ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕް ފަށައިފިއެވެ.

ޖުމްލަ 24 ކުޅުންތެރިން ބައިވެރިވި މި މުބާރާތް ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ. މި މުބާރާތުގައި ކުރިޔަށްދާނީ ދެ އިވެންޓެވެ. އެއީ އޯޕަން ޑަބަލްސް އިވެންޓާއި އޯޕަން ސިންގަލްސް އިވެންޓެވެ.

އުމުރުން 40 އަހަރުން މަތީގެ މީހުނަށް ބައިވެރިވެވޭ މި މުބާރާތް ނިމޭނީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. އާދިއްތަ ދުވަހު މުބާރާތް ފަށާފައިވާއިރު، ފުރަތަމަ ކުޅެފައިވަނީ އޯޕަން ޑަބަލްސް ގެ މެޗުތަކެވެ. މި މުބާރާތުގައި މިރޭ ކުޅޭނީ އޯޕަން ސިންގަލްސްގެ މެޗުތަކާއި އޯޕަން ޑަބަލްސްގެ ސެމީ ފައިނަލް މެޗުތަކެވެ.

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް