ކ. މާލެ
|
12 ޖޫން 2023 | ހޯމަ 07:52
ސިޓީގެ ޓީމު ދަތުރު ކުރި ފްލައިޓް
ސިޓީގެ ޓީމު ދަތުރު ކުރި ފްލައިޓް
ރޮއިޓާރސް
މެންޗެސްޓަރ ސިޓީ
ކާމިޔާބީ ފާހަގަކުރުމަށް ސިޓީން ޕެރޭޑެއް ބާއްވަނީ
 
މި ޕެރޭޑުގައި އެ ކުލަބަށް ސަޕޯޓު ކުރާ އެތައް ހާސް ސަޕޯޓަރުން ވެސް ބައިވެރިވާނެ

ޔުއެފާ ޗެމްޕިއަންސް ލީގާއެކު، މި ސީޒަންގެ ކާމިޔާބީ ފާހަގަކުރުމަށް މެންޗެސްޓަރ ސިޓީން ޕެރޭޑެއް ބާއްވަން ނިންމައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީން ވަނީ އިންޓަ މިލާން ބަލިކޮށް، ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއާއެކު މި ސީޒަނުގައި ސިޓީން ވަނީ ޓްރެބަލް (ތިން ތަށި) ކާމިޔާބުކޮށްފި އެވެ. ސިޓީ އަކީ އިނގިރޭސި ޓީމަކުން ޓްރެބަލް ކާމިޔާބު ކުރި ދެ ވަމަ ޓީމެވެ. ފުރަތަމަ ޓީމަކީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑު އެވެ. ސިޓީން އެ ޓީމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ހޯމަ ދުވަހު ބަސް ޕެރޭޑެއް ބޭއްވުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އަދި މި ޕެރޭޑުގައި އެ ކުލަބަށް ސަޕޯޓު ކުރާ އެތައް ހާސް ސަޕޯޓަރުން ވެސް ބައިވެރިވާނެ އެވެ.

ސިޓީން މިހަރު ވަނީ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު އަމިއްލަ ސަރަހައްދަށް ގޮސްފަ އެވެ. ސިޓީގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓު ސަރަހައްދަށް ވެސް ސަޕޯޓަރުން ވަނީ އެއްވެފަ އެވެ. އަނެއްކޮޅުން މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ޚާއްސަ ސީޒަނެކެވެ. މި ސީޒަންގެ ކާމިޔާބާއެކު ގާޑިއޯލާ ވަނީ ތާރީޚުން ޖަގަ ހޯދައިފަ އެވެ. އޭނާ އަކީ ދެ ކުލަބެއްގައި ޓްރެބަލް ކާމިޔާބު ކުރި ހަމައެކަނި ކޯޗެވެ. މީގެ ކުރިން އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާއާއެކު އެކަން ހާސިލްކޮށްފަ އެވެ.

ޗެމްޕިއަންސް ލީގަކީ މިފަހުން އައިސް ސިޓީން ވަރަށް ބޮޑު އިސްކަމެއް ދެމުން އައި މުބާރާތެކެވެ. މީގެ ކުރިން 2021 ވަނަ އަހަރު އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް ފައިނަލްގައި ނާކާމިޔާބުވީ ޗެލްސީ އަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް