ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 19:30
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޝިއުނާ ސޯލިހް
ރައްޔިތުން މަޖިލީހުގެ އިއްޒަތް
މަޖިލީހުގެ ގަދަރާއި އިއްޒަތަށް އަރައިނުގަތުމަށް އިލްތިމާސްކޮށްފި
މަޖިލީހަށް ލިބިގެންވާ ގާނޫނުގެ ހެދުމުގެ އާންމު ބާރުތަކުގެ ތެރޭގައި ގިނަ ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވޭ
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމާއި ކައުންސިލް ޖެނެރަލަށް ދީފައިވާ މުސްތަގިއްލުކަން ފާހަގަކުރެވޭ
މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ ޚާއްސަ ވަގުތުތަކެއް ކަނޑައަޅާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި އިއްޒަތަށް އަރައިނުގަތުމަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އާދިއްތަ ދުވަހު ރައްޔިތުން މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 5 ވަނަ މާއްދާއާއ،ި 70 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވާ ފަރާތްކަމަށާއި، މަޖިލީހަށް ލިބިގެންވާ ގާނޫނުގެ ހެދުމުގެ އާންމު ބާރުތަކުގެ ތެރޭގައި ގިނަ ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާ ދައުލަތުގެ އެއް ބާރުކަމަށެވެ.

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ކަމުގައި ގާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކުރާކަން ފާހަގަކޮށް މަޖިލީހުން ބުނީ، ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ހ އިން ސީދާ ބާރު ލިބިގެން އެކުލަވާލައި، އަމަލުކުރަމުން އަންނަ މަޖިލީހުގެ ގަވާއިދަކީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާ އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބޭ ދީމިގްރާތީ އުސޫލުތައް އެކުލެވޭ ޖަވާބުދާރީވާ ހާމަކަން ބޮޑު ގޮތަކަށް މަޖިލިސް ހިންގުމަށް ބޭނުންވާ އުސޫލުތައް އެކުލެވޭ ގަވާއިދެއް ކަމަށެވެ. އަދި އެ ގަވާއިދަކ،ީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ އެންމެހައި ކަންކަމާއި މަޖިލީހުގެ އިދާރީ އެންމެހައި ކަންކަން ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ކުރުމުގެ މުހިންމުކަމަށް ގާނޫނުއަސާސީއަށާއި މަޖިލީހުގެ ގަވާއިދަށް ރިއާޔަތްކުރަންޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ގަވާއިދަށް ރިއާޔަތްކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމާއި ކައުންސިލް ޖެނެރަލަށް ދީފައިވާ މުސްތަގިއްލުކަން ފާހަގަކުރެވޭ ކަމަށާއި، މަޖިލީހުގެ "ގަދަރާއި ޝަރަފް" އަމީން އާންމު ހިފަހައްޓަންޖެހޭ އަދި މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ ޚާއްސަ ވަގުތުތަކެއް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއީ ޚާއްސަ ގޮތެއްގައި މަޖިލީހުގެ ރައީސެއް ނުހުންނަ ހާލަތުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މަޖިލީހުން ބުނީ، މިވަގުތަކީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރަކާއ،ި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ވަގުތެއް ކަމަށެވެ. އެފަދަ މައްސަލައެއް ލިބުމުން ކަންކަން ހިންގަންޖެހޭނެ އިޖުރާއަތުތައް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ބަޔާނުގައި ވެއެވެ. އަދި އެގޮތަށް މަޖިލީހަށާއ،ި މަޖިލީހުގެ މެންބަރުންނަށް ބުނެދިނުމުގައި "ގާނޫނީ ލަފައާއި ގާނޫނީ އެހީތެރިކަން" ފޯރުކޮށްދެވެން އޮތ،ީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލަށެވެ.

މަޖިލީހުން ބުނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންކަމަށް ވިޔަސް އަދި މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސް، މަޖިލީހުގެ ގަވާއިދު މާނަކުރުމުގެ ގާނޫނީ އެހީތެރިކަމާއި މަޝްވަރާ ހޯދެން އޮތީ ކައުންސިލް ޖެނެރަލްގެ ކިބައިންކަން މަޖިލީހުގެ ގަވާއިދަށް ބެލެމުން ވަރަށް ސާފުކޮށް އެނގޭކަމަށެވެ. މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައާއި ބައެއް މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އުފެދިފައި އޮތްނަމަވެސް ގާނޫނީ ދައުލަތެއް ހިންގުމަކީ ކޮންމެ ރައްޔިތެއްގެވެސް އަދި މަޖިލީހުގެ އެންމެހާ މެންބަރުންގެވެސް ވާޖިބެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތައް އަރައިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެ ކަމަށް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް