ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 14:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސް އޮފީސް
އަބްދުﷲ ޖަމީލް އަވަހާރަވުން
އަބްދުﷲ ޖަމީލްގެ ޤައުމީ ޚިދުމަތުގެ ޒިކުރާ އަބަދުމެ ދެމިހުންނާނެ
ރައީސް ވަނީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ޒިކުރާ އަބަދުމެ ދެމިހުންނާނެކަމަށް ވިދާޅުވެފައި
ޖޫން މަހުގެ 12 ވާ ހޯމަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރާނެ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ، ޢަބްދުﷲ ޖަމީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޢަބުދުﷲ ޖަމީލު (ނޢޢވ) އަވަހާރަވުމާ ގުޅިގެން އާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.

މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތްލެއްވުން އެދި ދުޢާ ދަންނަވާކަން ފާހަގަކުރައްވައި ރައީސް ވަނީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ޒިކުރާ އަބަދުމެ ދެމިހުންނާނެކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުން ވަނީ ޖޫން 12 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 1:00 އާއި ހަމައަށް ވަނަ ދުވަހުން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ހަމަޖައްސަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް