ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 14:03
ގުންޑޮގަން: ޗެމްޕިއަންސް ލީގުގެ ތައްޓާއެކު
ގުންޑޮގަން: ޗެމްޕިއަންސް ލީގުގެ ތައްޓާއެކު
ޑެއިލީ މެއިލް
ގުންޑޮގަން
ބާސެލޯނާ އާއި ސިޓީގެ މެދުގައި ގުންޑޮގަން ތާށިވެފައި
 
ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ

އަންނަ ސީޒަނުގައި ކުޅޭނެ ވަކި ކުލަބެއް ނުނިންމާ ކަމަށް މެންޗެސްޓާ ސިޓީގެ ކެޕްޓަން އިކާއީ ގުންޑޮގަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާއަށް ކުޅެން ފުރުސަތު ލިބިފައިވާތީވެ އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.

އަހަރެން އަދި ވަކި ކުލަބެއް ނުނިންމަން. އަންނަ ސީޒަނާ މެދު ވިސްނާލަން ވަގުތު އެބައޮތް. އެކަމަކު މާ ލަހެއް ނުކުރާނަން
ގުންޑޮގަން
ގުންޑޮގަން (ކ) އާއި ޖޯން ސްޓޯންސް: އޭނާގެ ކޮންޓްރެކްޓް ވަނީ ހަމަވެފައި - ޑެއިލީ މެއިލް

މެންޗެސްޓާ ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި ބާސެލޯނާއިން ދަނީ އޭނާ ލައްވައި ކުޅުވަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ގުންޑޮގަން ހޯދުމުގެ ރޭހުގައި ބާސެލޯނާގެ ހަރަކާތްތެރިކަން އިތުރުކުރީ 18 އަހަރަށްފަހު އެ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރު އަދި ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކުލަބު ދޫކޮށްލުމުން އޭނާގެ ބަދަލުގަ އެވެ.

މެންޗެސްޓާ ސިޓީ އަށް ރޭ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށްފަހު ގުންޑޮގަން ބުނީ އެއް ސީޒަނެއްގައި ތިން ތަށި ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެންމެން ވެސް ވާހަކަ ދެއްކީ ތިން ތަށީގެ ވާހަކަ. އެރެކޯޑްގެ ވާހަކަ. މިހެންވެ ކުޅުންތެރިންނަށް ޕްރެޝަރެއް އޮތް ފައިނަލް މެޗުގައި. ފުރަތަމަ ހާފުގައި އަހަރުމެންގެ ފެންވަރުގައި ނުކުޅެވުނީ ވެސް މިހެންވެ. ފައިނަލް މެޗަކީ އުނދަގޫ މެޗެއް. އެކަމަކު މި ޓީމަކީ ޕްރެޝަރުގައި ކުޅެން އެނގޭ ޓީމެއް. ތަށި ލިބުނީ އެންމެން ހިތްވަރާއެކު ކުރި މަސައްކަތުން
ގުންޑޮގަން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
33%
0%
33%
0%
0%
ކޮމެންޓް