އުރީދޫ މޯލްޑިވްސްއިން ކުރިޔަށް އޮތް ޗުއްޓީ އާއި ދިމާކޮށް ހޮލިޑޭ ފިއެސްޓާ ގެ ނަމުގައި އެމް-ފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާއިރު އެކި އައުޓްލެޓްތަކުން %10 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހޮލިޑޭ ފިއެސްޓާ ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް ތިރީގައިމިވާ އެމް-ފައިސާ ބަލައިގަންނަ އައުޓްލެޓްތަކުން ޑިސްކައުންޓް ލިބޭނެއެވެ.
- ވީއާރް ކެފޭ - 10 ޕަސެންޓް ޑިސްކައުންޓް
- ޖާޒިއާ - %5 ޑިސްކައުންޓް
- ގޭމްރޫމް - %5 ޑިސްކައުންޓް
- މީޓް ސްޓްރީޓް - %5 ޑިސްކައުންޓް
- ހޮޓް ޑިޝް ކްލަބް - %5 ޑިސްކައުންޓް
- ޕިއްޒާ ކިޗަން - %7 ޑިސްކައުންޓް
- ސޮލައިޓް ރެސްޓޯރެންޓް - %5 ޑިސްކައުންޓް
- ވައިޓަލް ކެއާ - %10 ޑިސްކައުންޓް
- ހޯމްލޭންޑް - %5 ޑިސްކައުންޓް
- ލެ ޗީޒް - %10 ޕަސެންޓް ޑިސްކައުންޓް
އެމް-ފައިސާ ގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް ޑައުންލޯޑް ކޮށް ފަސޭހަކަމާއެކު ރެޖިސްޓަރ ކޮށްލެވޭނެއެވެ. މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ގިނަ ބޭންކްތަކާ ގުޅިގެން އެމް-ފައިސާ އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.