ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 09:37
ވަރޖިން އެޓްލާންޓިކްގެ މަތިންދާބޯޓެއް
ވަރޖިން އެޓްލާންޓިކްގެ މަތިންދާބޯޓެއް
ވަރޖިން އެޓްލާންޓިކް
ރާއްޖެއަށް ދަތުރު ކުރާ އެއަރލައިންތައް
އޮކްޓޯބަރުގައި ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް!
 
ފުރަތަމަ ދަތުރުތައް ފަށާ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 22 އޮކްޓޯބަރު 2023

އިނގިރޭސިވިލާތުގެ ވަރޖިން އެޓްލާންޓިކުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އެ އެއަރލައިނުން ބުނެފައިވާގޮތުގައި މި ދަތުރުތައް ފަށަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް، އޮކްޓޯބަރު މަހުގައެވެ. އެގޮތުން ފުރަތަމަ ދަތުރުތައް ފަށާ ތާރީހެއް ގޮތުގައި ކަނޑައަޅާފައިވަނީ 22 އޮކްޓޯބަރު 2023އެވެ. މި ދަތުރުތައް 29 މާޗް 2024 މއާ ހަމައަށް ކުރާނެކަމަށްވެސް އެ އެއަރލައިނުން ބުންޏެވެ.

އޮކްޓޯބަރު މަހު ދަތުރުތައް ފަށަން ތާވަލުކޮށް، ވަރޖިން އެޓްލާންޓިކުން ވަނީ މިހާރު ޓިކެޓު ވިއްކަން ފަށާފައެވެ. މި ދަތުރުތައް ކުރަން ނިންމާފައިވަނީ ލަންޑަނުގެ ހީތުރޯ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ވަރޖިން އެއަރލައިނުން ތާވަލުކޮށްފައިވާގޮތުގައި ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. އެއީ އާދީއްތަ، ބުދަ އަދި ހުކުރު ދުވަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގ 787-9 މަރުކާގެ މަތިންދާ ބޯޓު ކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

ވަރޖިން އެއަރލައިނަކީ އިނގިރޭސިވިލާތުގެ މަހުޖަނު، ރިޗަރޑް ބްރޭންސަންގެ އެއަރލައިނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ތިންވަނާގައި އޮތީ އިނގިރޭސިވިލާތެވެ. އެ ގައުމުން މިހާތަނަށް 74،605 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 9 އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް