Advertisement
ކ. މާލެ
|
9 ޖޫން 2023 | ހުކުރު 22:11
ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
އެންވަރަންމަންޓް މިނިސްޓްރީ
ހިމާޔަތްކޮށްފައިވާ ސަރަހައްދު
ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފި
މި ސަރަހައްދުތައް ތަރައްޤީކުރުމުގެ 10 އަހަރުގެ އެކްޝަން-ޕްލޭން އެކުލަވާލަން ޖެހޭ
ތަރައްޤީ ކުރާނޭ ގޮތުގެ ކުރެހުމާއި ތްރީޑީ ޑިޒައިން ތައްޔާރުކުރުން ވެސް ހިމެނޭ

ތިމާވެށީގެ ގާނޫނުގެ ދަށުން ލާމު އަތޮޅުގައި ހިމާޔަތް ކޮށްފައިވާ 6 ސަރަހައްދެއް ބެލެހެއްޓުމަށް މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.

އެންދެރި މަޝްރޫޢުގެ ދަށުން ކުރާ މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި ވޯޓަރ ސޮލިއުޝަންސް ގެ ފަރާތުން ސޮއި ކުރީ މިކަމަށްޓަކައި ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

10 މަސް ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ތެރޭގައި މި ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކާއެކު މަޝްވަރާތައް ބޭއްވުމާއި، މި ސަރަހައްދުތައް ބޭނުން ކުރާގޮތާއި މިންވަރުގެ ޗާޓުތައް ތައްޔާރުކުރުމާއި، މި ސަރަހައްދުތައް ތަރައްޤީކުރުމުގެ 10 އަހަރުގެ އެކްޝަން-ޕްލޭން އެކުލަވާލައި އަދި ތަރައްޤީ ކުރާނޭ ގޮތުގެ ކުރެހުމާއި ތްރީޑީ ޑިޒައިން ތައްޔާރުކުރުން ވެސް ހިމެނެއެވެ.

Advertisement

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން ވާހަކަ ދެއްކެވި ސީނިއަރ ކޮންޒަވޭޝަން އޮފިސަރ ލިސާމާ ސަބްރީ، ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވޭ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭން ހެދުމަކީ ގިނަފަހަރު ވަރަށް ގިނަދުވަސް ނަގާކަމެއްކަމަށާއި، ލާމު އަތޮޅަކީ މުޅި ރާއްޖޭގައި ވެސް އެންމެ ހަލުވި ސްޕީޑެއްގައި މެނޭޖްމަންޓް ޕްލޭން ތައްޔާރު ކުރެވޭނެ އަތޮޅަށް ވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ނައީމް މި މަސައްކަތާއި ގުޅިގެން ދެއްކެވި ވާހަކައިގައި ތިމާވެށީގެ ގޮތުން ހިމާޔަތްކުރެވޭ ތަންތަނަކީ އެއްވެސް ބޭނުމެއް ނުކުރެވި އަޅާނުލެވި ބޭއްވޭ ތަންތަންކަމުގައި ވަރަށް ގިނަ ފަރާތްތަކުން ދެކޭކަމަށާއި ނަމަވެސް އެ ސަރަހައްދުތައްވެސް ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން ތަރައްޤީކޮށް ބޭނުންކުރެވޭނޭކަމަށް ވިދާޅުވިއެވެ. އަދި މި ގޮތުން މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގައި އެ ސަރަހައްދުތައް ބޭނުންކުރާ ވީހާވެސް ގިނަ ފަރާތްތަކުގެ ހިޔާލާއި ވިސްނުން ހޯދުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް