ކ. މާލެ
|
14 ޖޫން 2023 | ބުދަ 16:44
ޕްރޭޒް އާއި އެންޗެލޯޓީ (ވ): ގެންނާނެ ފޯވަޑަކާމެދު ވަނީ ހިޔާލު ތަފާތުވެފައި
ޕްރޭޒް އާއި އެންޗެލޯޓީ (ވ): ގެންނާނެ ފޯވަޑަކާމެދު ވަނީ ހިޔާލު ތަފާތުވެފައި
ގޫގުލް
ރެއާލް މެޑްރިޑް
ކޭން ގަތުމާމެދު ޕެރޭޒާއި އެންޗެލޯޓީ ހިޔާލުތަފާތުވެއްޖެ
ބޮޑު ހޭދައެއްކުރަން ޕްރޭޒް ބޭނުންވަނީ ކޭންގެ ބަދަލުގައި އެމްބާޕޭ އަށް

އިނގިރޭސިވިލާތާއި ޓޮޓެންހަމުގެ ކެޕްޓަން ހެރީކޭން ގަތުމާމެދު ރެއާލް މެޑްރިޑުގެ ރައީސް އާއި ކޯޗުގެ ހިޔާލުތަފާތުވެއްޖެ އެވެ.

ސްޕޭނުގެ މެޑްރިޑަށް ނިސްބަތްވާ މީޑިއާތަކުން ބުނަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ކޯޗު ކާލޯ އެންޗެލޯޓީ މިކަމާމެދު ކުރި މަޝްވަރާތައް ނިމުނީ ގޮތެއް ނުނިމި ކަމަށެވެ. އެންޗެލޯޓީ ބޭނުންވަނީ ކޭން ގަތުމަށެވެ. އޭނާ ގަތުމާމެދު ޕްރޭޒް ދެކޮޅު ހަދާފައިނުވި ނަމަވެސް ކުލަބުގެ ރައީސް އުފައްދަނީ ސުވާލުތަކެކެވެ. އޭގެ ތެރެއިން އެންމެ މުހިންމު ސުވާލަކީ ކޭން އަކީ 29 އަހަރުގެ ކުޅުންތެރިއަކަށްވެފައި އޭނާ ގަތުމަށް 100 މިލިއަން ޕައުންޑް ހޭދަކުރުމަކީ މާލީ ގޮތުން ކުރަން ރަނގަޅު ކަމެއްތޯ އެވެ؟

ކޭން އަށް މިހާބޮޑު އަގެއްދީގެން އޭނާ ގަތުމަށް ޕްރޭޒް ބޭނުމެއްނުވެ އެވެ. ރެއާލް އަށް މޮޅު އެތައް ކުޅުންތެރިންނަށް ގެނައި ކާމިޔާބު ރައީސް ދެކޭ ގޮތުގައި ކޭންގެ އުމުރަށް ބަލާއިރު އޭނާ އަށް އެފަދަ ހޭދައެއް ކުރުމަކީ ބުއްދިވެރި ގޮތެއްނޫނެވެ. މިއަށްވުރެ މި ހަރަދު ޒުވާން ފޯވަޑަކަށް ކުރުމަކީ މާ ރަނގަޅު ކަމެކެވެ. ޕްރޭޒް މި ގޮތަށް ދެކެނީ އިނގިރޭސި ލީގުން ރެއާލް އަށް ބޮޑު އަގުގައި ގެނައި ގިނަ ކުޅުންތެރިންނަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާތީ އެވެ. އޭގެ ތެރޭގައި ގެރެތް ބޭލް އާއި މައިކަލް އޮވެން އާއި އެޑެން ހަޒާޑް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ނަމަވެސް ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ ކުލަބު ދޫކޮށްދިއުމުން ހުސްވެފައިވާ ފޯވަޑެއްގެ މަގާމަށް މޮޅު ކުޅުންތެރިއަކު ގެނައުމަށް ރެއާލް އޮތީ ތައްޔާރަށެވެ. ޕްރޭޒާއި އެންޗެލޯޓީ އަށް ވެސް އެއްބަސްވެވޭ ކަމަކީ ގެންނަންޖެހޭނީ ދުނިޔޭގެ ފެންވަރުގެ ފޯވަޑެއް ކަމެވެ. މި ގޮތުން ޕެރޭޒް ބޭނުންވަނީ މި ސީޒަނުގައި ކޭން އަށް 100 މިލިއަން ހަރަދުނުކޮށް އަންނަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް ކީލިއަން އެމްބާޕޭ ގެނައުމަށް މި ފައިސާ ހޭދަކުރުމަށެވެ.

ސްޕޭނުގެ ބައެއް މީޑިއާތަކުން ބުނަނީ ރެއާލްއިން ކޭން ގަންނަން ބޭނުންވަނީ އެންމެ ބޮޑުކޮށް ވެސް 70 މިލިއަން ޕައުންޑަށް ކަމަށެވެ. މިއަގަށް ކޭން ނުލިބިއްޖެނަމަ އިންޓަމިލާނުގެ އާޖެންޓީނާ ފޯވަޑް ލައުޓާރޯ މާޓިނޭޒް އާއި ޗެލްސީގެ ކައި ހަވަޓްޒް ފަދަ ކުޅުންތެރިއަކު ގަތުމަށް ރެއާލް އެނބުރިގަތުން ގާތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް