ކ. މާލެ
|
9 ޖޫން 2023 | ހުކުރު 12:09
އެއްބަސްވުމުގައި ސޮއިކުރަނީ
އެއްބަސްވުމުގައި ސޮއިކުރަނީ
ރާއްޖެއެމްވީ
މިޕްސްޓަރ ކްލިނިކް
އެސްޓާ މެޑިސިޓީ އާއި މިޕްސްޓަރ ކްލިނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ޕީޑިއަޓްރިކް ނިއުރޮލޮޖިސްޓެއް މިޕްސްޓަރ ކްލިނިކަށް ޒިޔާރަތްކޮށް ނިއުރޯ ޑިވޮލޮޕްމެންޓް ހުންނަ ކުދިންނަށް ފަރުވާދޭނެ

އެސްޓަރ މެޑިސިޓީ އާއި މިޕްސްޓަރ ކްލިނިކްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖޫން 8 ވަނަ ދުވަހު އެއްބަސްވުމުގައި އެސްޓަރ މެޑިސިޓީ ކޮޗިންގެ ފަރާތުން ސޮއި ކުރެއްވީ އެސްޓަރ އިންޑިއާގެ ވައިސް ޕްރެސިޑެންތް ފަރްހާން ޔާސިންއެވެ. މި ޕްސްޓަރ ކްލިނިކްގެ ފަރާތުން ސޮއިކުރެއްވީ ޑރ. އައިޝަތު އަލީ ނާޒްއެވެ.

މިޕްސްޓަރ އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެތަނުން ދޭ ސިއްހީ ހިދުމަތްތައް އެސްޓަރ މެޑިސިޓީގެ އެހީ ތެރިކަމާއެކު އިތުރަށް ފުޅާކޮށް ވީހާވެސް ރަގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ޕީޑިއަޓްރިކް ނިއުރޮލޮޖިސްޓެއް މިޕްސްޓަރ ކްލިނިކްއަށް ޒިޔާރަތްކޮށް ނިއުރޯ ޑިވޮލޮޕްމެންޓް ހުންނަ ކުދިންނަށް ފަރުވާދޭނެ ކަމަށެވެ.

އޯޓިޒަމް، އޭޑީއެޗްޑީ، ތޫނުފިލިކަމުގެ މައްސަލަތައް އަދި އުނގެނުމުގެ މައްސަލަތައް ހުންނަ ކުދިންނަށް ދެވޭ ފަރުވާތައް ފުޅާކޮށް ނިއުރޯ ރިހިބިލިޓޭޝަން ޔުނިޓެއް އެސްޓާ މެޑިސިޓީއާ ގުޅިގެން ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. މީގެއިތުރުން ކުރިއަތް އޮތްތާނގައި އެޕިލެޕްސީ ކްލިނިކެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ވެސް މިޕްސްޓަރ އިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް