ކ. މާލެ
|
8 ޖޫން 2023 | ބުރާސްފަތި 12:42
ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ކްރިމިނަލް ކޯޓަށް އައްޔަނު ކުރެއްވި ފަނޑިޔާރުން
ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ކްރިމިނަލް ކޯޓަށް އައްޔަނު ކުރެއްވި ފަނޑިޔާރުން
ރާއްޖެއެމްވީ
ކޯޓުތަކުގެ ފަނޑިޔާރުން
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަނީޒް، ކްރިމިނަލް ކޯޓަށް ނުޒުހާ
ޝަނީޒް ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި 9 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވޭ
ޢާއިޝަތު ނުޒުހާވަނީ ޤާނޫނީ ދާއިރާގައި 07 އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައި

ދިވެހިރާއްޖޭގެ ހައިކޯޓަށާއި ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން 03 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި ބުރާސްފަތި ދުވަހު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ކްރިމިނަލް ކޯޓަށް އަލްއުސްތާޛާ ޢާއިޝަތު ނުޒުހާ އަދި ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އަލްއުސްތާޛާ ޢައިޝަތު ޝިހާބަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރު މުޙައްމަދު އިބްރާހީމްއެވެ. 

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ގދ.ގައްދޫ، ހަނދުވަރީނާޒް، އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ ޢައްޔަންކުރުމަށް ނިންމާފައިވާނީ 2023 މޭ 24 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ 35 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛު މުޙައްމަދު ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި 9 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އިރު އަލްއުސްތާޛު މުޙައްމަދު ޝަނީޒްވަނީ އެ މުއްދަތުގައި ވަކީލުކަމާއި މެޖިސްޓްރޭޓްކަން އަދާ ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރިއިރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ހުންނެވީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމްގައެވެ.

Advertisement

ކްރިމިނަލް ކޯޓަށް ފަނޑިޔާރުކަމަށް މާލެގަން، ފެނާތުރު، ޏ.ފުވައްމުލައް، ޢާއިޝަތު ނުޒުހާ ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާނީ 2023 މޭ 14 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 33 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛާ ޢާއިޝަތު ނުޒުހާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ (ވިތް އޮނަރސް) އަދި މާސްޓަރ އޮފް ލޯ ޙާސިލްކުރައްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަޤާމް އަދާކުރައްވަމުން ގެންދެވި އަލްއުސްތާޛާ ޢާއިޝަތު ނުޒުހާވަނީ ޤާނޫނީ ދާއިރާގައި 07 އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. 

މީގެ އިތުރުން، ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް މުސްތަރީގެ، ގއ.ވިލިނގިލި، ޢައިޝަތު ޝިހާބް ޢައްޔަންކުރުމަށް ނިންމާފައިވާނީ 2023 ޖޫން 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 39 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛާ ޢައިޝަތު ޝިހާބް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލްކުރައްވައިފައެވެ. ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމެވިއިރު، އަލްއުސްތާޛާ ޢައިޝަތު ޝިހާބް ހުންނެވީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމްގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް