ކ. މާލެ
|
7 ޖޫން 2023 | ބުދަ 12:09
މާކުސް ތުރަމް
މާކުސް ތުރަމް
ޓްވީޓަރ
ޕީއެސްޖީ
މާކުސް ތުރަމް ހޯދުމަށް ޕީއެސްޖީން ބޭނުންވޭ
 
ޕީއެސްޖީން އަންނަނީ އޭނާ ހޯދުމަށް މަޝްވަރާ ކުރުމަށް ތައްޔާރުވަމުން

ފްރާންސްގެ ޒުވާން ފޯވާޑް މާކުސް ތުރަމް ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ތުރަމް މިހާރު ކުޅެމުން އަންނަ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްބަލަކާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ނިިޔަލަށެވެ. އެހެންކަމުން ޕީއެސްޖީން އަންނަނީ ހިލޭ ޓްރާންސްފާއެއްގައި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންކަމުން ޕީއެސްޖީން މިހާރު އަންނަނީ އޭނާ ހޯދުމަށް މަޝްވަރާތައް ކުރަން ތައްޔާރުވަމުން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފަ އެވެ. ޕީއެސްޖީގެ އިތުރުން ބައެއް އެހެން ކުލަބުތަކުން ވެސް އަންނަނީ ތުރަމް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް މީޑިއާތަކުން ބުނެ އެވެ. މީގެ އިތުރުން މީޑިއާތަކުން ބުނާ ގޮތުގައި ތުރަމް ޕީއެސްޖީ އަށް ބަދަލުވުމަކީ ގާތް ކަމެކެވެ. ނަމަވެސް އެކަން ބިނާ ވެގެންދާނީ ޕީއެސްޖީން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށެވެ.

ތުރަމް މިހާރު އޭނާ ކުޅެމުން އަންނަ ކުލަބަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ތުރަމް ވަނީ އެ ކުލަބަށް ކުޅެދިން 134 މެޗުގައި 44 ލަނޑު ޖަހައިފަ އެވެ. އެ ކުލަބުގެ އިތުރުން ފްރާންސް ޤައުމީ ޓީމުގައި ވެސް އޭނާ ވަނީ މިފަހުން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފްރާންސްއާއެކު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސްކޮޑުގައި އޭނާ ވަނީ ހިމެނިފަ އެވެ. ފްރާންސް ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2020 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް