ކ. މާލެ
|
7 ޖޫން 2023 | ބުދަ 10:11
ކޭން (ވ) އާއި ރާމޯސް: ކޭން މެޑްރީޑަށް ދިއުމަށް ރާމޯސް ވަނީ ނަސޭހަތްދީފައި
ކޭން (ވ) އާއި ރާމޯސް: ކޭން މެޑްރީޑަށް ދިއުމަށް ރާމޯސް ވަނީ ނަސޭހަތްދީފައި
ގޫގުލް
ހެރީކޭން
ރާމޯސްގެ އިންޒާރެއް ކޭން އަށް! މެޑްރިޑަށް ނޫނެކޭ ބުނުމަކީ ގޯހެއް!
ކޭން ގަތުމަށް މެޑްރިޑުން 70 މިލިއަން ޔޫރީގެ ބިޑެއް ހުށަހަޅާނެ

އިނގިރޭސި ކެޕްޓަން ހެރީކޭން އަށް ސްޕޭނާއި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އިންޒާރެއްގެ ގޮތުގައި މުހިންމު ނަސޭހަތެއްދީފި އެވެ.

16 އަހަރު މެޑްރިޑުގައި ހޭދަކޮށް އެކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ރާމޯސް، ކޭންއާ މުހާތަބްކުރީ އިނގިރޭސި ފޯވަޑް ގަތުމަށް އޭނާގެ ކުރީގެ ކުލަބުން މަސައްކަތް ފެށުމުންނެވެ.

ކޮންމެ ކުޅުންތެރިއަކަށް ވެސް އަހަރެން ބުނަން އޮތް ވާހަކަ އަކީ ރެއާލް މެޑްރިޑަށް ފުރަގަސްނުދޭށޭ. އެއީ ކާމިޔާބު ހޯދާނެކަން ޔަގީންވާ ޓީމެއް. އެއީ ކާމިޔާބު ހޯދަން އެނގޭ ޓީމެއް. ކޮންމެ ކޮންމެ ކުޅުންތެރިއަކަށް މެޑްރިޑުން ފުރުސަތު ނުލިބޭނ
ރާމޯސް

މިދިޔަ ދެ އަހަރު ފްރާންސްގެ ޕީއެސްޖީ އަށް ކުޅުމަށްފަހު އަންނަ ސީޒަނުގައި ސައޫދީ އަރަބިއާއިން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ 37 އަހަރުގެ އިތުބާރު ޑިފެންޑަރު ބުނީ ކޭން އަކީ ހުރިހާ ގޮތަކުން ވެސް މޮޅު ފޯވަޑެއް ކަމަށެވެ. ނަމަވެސް އިނގިރޭސި ލީގުގައި އޭނާ އަށް ހައްގު ކްރެޑިޓް ނުލިބޭ ކަމަށެވެ.

ކޭން (ވ) އާއި ރާމޯސް: ކޭން މެޑްރީޑަށް ދިއުމަށް ރާމޯސް ވަނީ ނަސޭހަތްދީފައި - ގޫގުލް
އޭނާ އަކީ ފިޒިކަލީ ވަރުގަދަކަމާއެކު ވެސް ގިނަ ގޯލު ޖަހާ ފޯވަޑެއް. އެކަމަކު ޓެކްނިކަލީ ގޮތުން ވެސް އޭނާގެ މޮޅުކަން ދައްކުވައިދޭންޖެހޭ. ރެއާލް މެޑްރިޑަކީ ކުޅުންތެރިންނަށް ކާމިޔާބު ހޯދަން ފަސޭހަވާނެ ޓީމެއް. އެއީ ކާމިޔާބު ހޯދުމުގެ ސަގާފަތެއް އޮތް ޓީމެއް. އެއީ ކާމިޔާބު ހޯދަން ބާރު އަޅާ އަދި އެކަމުގެ ފޯރިއާއި ޝައުގުބޮޑު ޓީމެއް. މެޑްރިޑަކީ ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ފުރުސަތު ލިބޭނެ ޓީމެއްނޫން. ލިބޭ ފުރުސަތުގެ މުހިންމުކަން ކުޅުންތެރިޔާ ވިސްނަންވާނެ
ރާމޯސް

ރެއާލް މެޑްރިޑުން ކޭން ގަތުމުގެ މަސައްކަތް ފެށީ އެކުލަބުގެ ކެޕްޓަން އަދި އެންމެ މުހިންމު ފޯވަޑް ކަރީމް ބެންޒެމާ ސައުދީ ލީގަށް ބަދަލުވުމުންނެވެ. މިހެންވެ އިތުބާރު ފޯވަޑެއް ހޯދުމަށް ރެއާލްގެ ލިސްޓުގެ އެންމެ ކުރީގައިވާ ނަމަކީ ވެސް ކޭންގެ ނަމެވެ. އޭނާ ގަތުމަށް ރެއާލްއިން 100 މިލިއަން ބަޖެޓްކޮށް، ފަށާ އަގެއްގެ ގޮތުގައި 70 މިލިއަން ޔޫރޯ ހުށަހަޅާނެ ކަމަށްވެ އެވެ.

ކޭންގެ ވިއްކަން ޓޮޓެންހަމުން މަދުވެގެން 100 މިލިއަން ޔޫރޯ ކިޔާ މައިގަނޑު ސަބަބަކީ އޭނާގެ ޑިމާންޑް ބޮޑުވުމެވެ. މި ގޮތުން  ކޭން ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މިވަގުތު ޓޮޓެންހަމުގެ ވެރިޔާ ހުރީ ކޭން ވިއްކާގޮތަކަށްނޫނެވެ. އޭނާ އަށް ކޭން ހިފަހައްޓަން އޮތް ދައްޗަކީ ކުޅުންތެރިޔާ ކުލަބު ބަދަލުކުރަން ބޭނުންވުމާއި ކޭންގެ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތުމެވެ. މިފަހަރު އޭނާ ވިއްކާނުލައިފިނަމަ ކުލަބަށް އެއްވެސް ފައިދާއެއްނެތި ފްރީ ކުޅުންތެރިއެއްގެ ގޮތުގައި އަންނަ ސީޒަނުގައި ކޭން އަށް ބޭނުން ކުލަބަކަށް ދެވިދާނެ އެވެ.

- ކޮމެންޓް