ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 13:34
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސް އޮފީސް
އިޔާދަކުރަނިވި ހަކަތަ
އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން އަހަރަކު 908 މިލިއަން ރުފިޔާ ބަޖެޓުން ސަލާމަތް ކުރެވޭނެ: ރައީސް
 
ތެޔޮ އަންދައިގެން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުން 42،000 ޓަނު މަދު ކުރެވޭ
 
ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އަހަރަކު 17 މިލިއަން ލީޓަރު މަދު ކުރެވިފައިވޭ
 
ފާއިތުވި 4 އަހަރުގެ ތެރޭގައި އަވިން ހަކަތަ އުފައްދާ 36 މެގަވޮޓްގެ ނިޒާމުތައް އިތުރު ކުރެވިފައިވޭ

އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން، އަހަރަކު 908 މިލިއަން ރުފިޔާ ބަޖެޓުން ސަލާމަތް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް 2023 ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ޖަލްސާގައި ވާހަކަފުޅުއްދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވި 4 އަހަރުގެ ތެރޭގައި އަވިން ހަކަތަ އުފައްދާ 36 މެގަވޮޓްގެ ނިޒާމުތައް އިތުރު ކުރެވިފައިވާ ކަމަށެވެ.

އޭގެ ސަބަބުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އަހަރަކު 17 މިލިއަން ލީޓަރު މަދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ނެޓްޒީރޯ ޤައުމަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާޞިލްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އޭގެ ސަބަބުން ޑީސަލަށް ކުރާ ޚަރަދުން ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ ސަލާމަތްވާ ކަމަށެވެ.

އޭގެ އިތުރުން، އޭގެ ސަަބަބުން ތެޔޮ އަންދައިގެން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުން 42،000 ޓަނު މަދު ކުރެވޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ ސަބަބުން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އަހަރަކު 17 މިލިއަން ލީޓަރު މަދުކުރެވި، ޑީސަލަށް ކުރާ ޚަރަދުން ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ. އަދި ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުން 42,000 ޓަނު މަދުކުރެވޭނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސް އިތުރަށް ވިދާޅުވީ، އިތުރު 113 ރަށެއްގައި 68.4 މެގަވޮޓް ގެ އަވިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމު ކުރުމުގެ މަސައްކަތް އެކި މަރުޙަލާގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އެ މަސައްކަތްތައް ނިމުމުން، އިޔާދަކުރަނިވި ހަކަތައިގެ ޤާބިލުކަން 121 މެގަވޮޓަށް އިތުރު ކުރެވި، ބަޖެޓުން އަހަރަކު 908 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ކަންކަމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 140،000 ޓަނު ޖައްވަށް ބޭރުނުކޮށް ފަރު ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ތިމާވެށީގެ ގޮތުން ރާއްޖެ މިއޮތީ އުދަނގޫ ފައްތަރެއްގައި، ބިން ހިއްކާތީ ކަންބޮޑުވޭ: އ.ދގެ ސްޕެޝަލް ރެޕަޓުއަރ
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު