ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 14:51
ޓީސީގެ ކޯޗު ނިޒާމްބެ (ކ) އަދި މިޑްފިލްޑަރު ހަލީލް (ވ)
ޓީސީގެ ކޯޗު ނިޒާމްބެ (ކ) އަދި މިޑްފިލްޑަރު ހަލީލް (ވ)
ފޭސްބުކް
ޓީސީ ސްޕޯޓްސް ކްލަބް
މެދުތެރެ ވަރުގަދަކުރަން ޓީސީ އަށް މިސްރުގެ މިޑްފިލްޑަރެއް ގެނެސްފި
ހަލީލް ވަނީ ޔޫއޭއީ އަދި މިސްރުގެ ކްލަބްތަކަށް ކުޅެފައި

ޓީސީ ސްޕޯޓްސް ކްލަބުގެ މެދުތެރެ ވަރުގަދަކުރުމަށް މިސްރުގެ މިޑްފިލްޑަރެއް ކަމަށްވާ ހަލީލް އަލްބަޒަވީ ގެނެސްފި އެވެ.

މިސްރުގެ ގިނަ ކުޅުންތެރިން މާލޭ ލީގުގައި ކުޅެމުން އަންނައިރު، މިއީ ޓީސީ އަށް ގެނައި މިސްރުގެ ދެވަނަ ކުޅުންތެރިޔާއެވެ. ޓީސީ މި ސީޒަން ފެށީ މިސްރުގެ ޑިފެންޑަރު އީސާ އަލްމަގުރަބީއާ އެކުގައެވެ.

ޓީސީ އަށް ހަލީލް ގެނެސްފައިވަނީ އެޓީމުގެ މިޑްފިލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އަމިއްލަ ސަބަބުތަކާ ހެދި ކްލަބް ދޫކޮށްލި ފަހުންނެވެ. އޭނާ ވަނީ ޓީސީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ބޮންޑާ ޓީމު ދޫކޮށް ދިޔަ ފަހުން ޓީސީގެ މެދުތެރެ ފެނުނީ ތަންކޮޅެއް ދަށްކޮށެވެ. އެހެންނަމަވެސް ހަލީލް ގެނައުމާއެކު މެދުތެރެ އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

އުމުރުން 24 އަހަރުގެ ހަލީލް ވަނީ މީގެކުރިން މިސްރު އަދި ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ ބައެއް ކްލަބްތަކަށް ކުޅެފައެވެ.

ޓީސީއާއެކު ހަލީލް ފަރިތަކުރުންތައް ކުރިޔަށްގެންދާތާ ހަފްތާއެއްހާ ދުވަސް ވެފައިވާއިރު، އޭނާ މާލޭ ލީގުގައި ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ޓީސީ ކުޅޭ މެޗެވެ.

ރާއްޖޭގެ ޓްރާންސްފާ ބާޒާރުގެ ދޮރު ހުޅުވާލާފައިވާއިރު، ކްލަބްތަކުން އަންނަނީ ކުޅުންތެރިން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ޓްރާންސްފާއަށް ފަހު ކްލަބްތައް އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް