ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 14:24
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)
ފޭސްބުކް
މުހައްމަދު ނިޒާމް
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
ޓީސީ އޮތީ 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައި
ލީގު ވަރަށް ވާދަވެރި، ހުރިހާ ޓީމަކަށްވެސް ޕްރެޝަރު އެބައޮތް

ރަނގަޅު ފޯމެއްގައި ޓީސީ އޮއްވާ ހީނުކުރާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލްގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ ލީގުގައި ފުރަތަމަ މެޗަށް ފަހު ޓީސީ އަށް އައީ ވަރަށް ދިގު ބްރޭކެއް އައުމުން އުނދަގޫތައް ކުރިމަތިވި ކަމަށާއި، އެހެން ނަމަވެސް ފުރަތަމަ ބުރުގައި ޓީސީ އަށް ގެއްލުނު ބައެއް މެޗުތައް ދެވަނަ ބުރުގައި އެއް ހަމައެއްގައި ނިންމާލެވުނު ކަމަށެވެ.

ނިޒާމްބެ ބުނީ މިދިޔަ ސީޒަންތަކާ އަޅާބަލާއިރު، މި ސީޒަންގެ ފޯމެޓް އެތުރިފައި އޮތް ގޮތުން ލީގު ކުރިޔަށް ދަނީ ވަރަށް ވާދަވެރިކޮށް ކަމަށާއި، އެންމެ ފަހު މެޗާ ދެން އެއްވެސް ޓީމަކަށް ޕްރެޝަރެއް ނެތި ކުޅެލަން ވެސް ފުރުސަތެއް ނެތް ކަމަށެވެ.

ސީޒަން ފެށިއިރު، މިހާރު ޓޮޕް ޓޫގައި އޮތް ދެ ޓީމުވަރު ފިޔަވާ ބާކީ ޓީމުތައް ފެށީ ވަރަށް ބޮޑެތި ފައިނޭޝިއަލް މައްސަލަތަކާ އެކުގައި ކަމަށެވެ. އެގޮތުން ޓީސީ ވެސް ބޭނުންވި ގިނަ ލޯކަލް ކުޅުންތެރިން ނުލާ ސީޒަން ފަށަންޖެހުނު ކަމަށާއި، މިހާރު ގަދަ ހަތަރަކަށް ވާދަކުރާ ހަތަރު ޓީމު ވެސް ސީޒަން ފެށީ އެންމެ ބޭނުންވި ގޮތަށް ނުޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މާލޭ ލީގަށް ބަލާއިރު، ޓީސީ ވަނީ މިހާތަނަށް 12 މެޗު ކުޅެފައެވެ. އޭގެ ތެރެއިން ހަތަރު މެޗުން އެޓީމު ބަލިވެފައިވާއިރު، ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އަދި އަނެއް ހަތަރު މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

މިވަގުތު 16 ޕޮއިންޓާއެކު ހަ ވަނައިގައި އޮތް ޓީސީ އަށް ގަދަ ހަތަރަކަށް އެރޭނީ އެޓީމަށް ލީގުގައި ބާކީ އޮތް ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް