Advertisement
ކ. މާލެ
|
5 ޖޫން 2023 | ހޯމަ 15:32
އައިޑެންޓިފިކޭޝަން އޮފް ސްމޯލް އަރމްސް، އެކްސްޕްލޯސިވްސް އެންޑް ކެމިކަލްސް ޕްރޮގްރާމްގެ ތެރެއިން
އައިޑެންޓިފިކޭޝަން އޮފް ސްމޯލް އަރމްސް، އެކްސްޕްލޯސިވްސް އެންޑް ކެމިކަލްސް ޕްރޮގްރާމްގެ ތެރެއިން
އެމްއެންޑީއެފް
ކަސްޓަމްސް ސަރވިސް އަށް ޕްރޮގްރާމެއް ހިންގުން
"އައިޑެންޓިފިކޭޝަން އޮފް ސްމޯލް އަރމްސް، އެކްސްޕްލޯސިވްސް އެންޑް ކެމިކަލްސް" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
މި ޕްރޮގްރާމުގައި ކަސްޓަމްސް ސަރވިސްގެ 60 މުވައްޒަފުން ވަނީ ބައިވެރިވެފައި
މި ޕްރޮގްރާމަކީ ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ މެދުގައި، ހަތިޔާރާއި ގޮވާތަކެތި އަދި އެކި ބާވަތުގެ ކެމިކަލް ދެނެގަތުމުގެ ޤާބިލްކަން އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާއި އެމްއެންޑީއެފް އޯޑްނަންސް ސަރވިސް އާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް "އައިޑެންޓިފިކޭޝަން އޮފް ސްމޯލް އަރމްސް، އެކްސްޕްލޯސިވްސް އެންޑް ކެމިކަލްސް" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެދިލެއްވުމަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކަސްޓަމްސް ސަރވިސްގެ 60 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މެއި މަހުގެ 27 އިން ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ މެދުގައި، ހަތިޔާރާއި ގޮވާތަކެތި އަދި އެކި ބާވަތުގެ ކެމިކަލް ދެނެގަތުމުގެ ޤާބިލްކަން އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Advertisement

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ބައިވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށް އެކަމުގެ ސެޓްފިކެޓު ހާސިލްކޮށްފައެވެ. މި ޕްރޮގްރާމުގެ ކުލާސްތައް ނަގާދީފައި ވަނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެފްއާރުއެސް އަދި އޯޑްނަންސް ސަރވިސްގެ ސިފައިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް