ކ. މާލެ
|
5 ޖޫން 2023 | ހޯމަ 12:02
މަތިއު ލަހޯޒް
މަތިއު ލަހޯޒް
ޓްވީޓަރ
ސްޕެނިޝް ލީގު
މަތިއު ލަހޯޒް ރެފްރީކަމުން ރިޓަޔާކޮށްފި
ލަހޯޒް ރެފްރީކަމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން ފެށީ 1999 ވަނަ އަހަރު

ސްޕެއިން އަށް އުފަން އުމުުރުން 46 އަހަރުގެ އެންޓޯނިއޯ މަތިއު ލަހޯޒް ރެފްރީކަމުން ރަސްމީކޮށް ރިޓަޔާކޮށްފި އެވެ.

ސްޕެނިޝް ލީގުގައި ލަހޯޒް އިންސާފު ކުރި އެންމެ ފަހު މެޗަކީ އާދީއްތަ ދުވަހުގެ ރޭ މަޔޯކާ އާއި ރަޔޯ ވަޔެކާނޯ ބައްދަލު ކުރި މެޗެވެ. އެ މެޗުގައި ލަހޯޒަށް ވަނީ "ގާޑް އޮފް އޮނާ" އެއް އަރުވައިފަ އެވެ. އެ ވަގުތު ކޮޅުގައި ލަހޯޒް އާއި އޭނާގެ އާއިލާ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ލަހޯޒް ރެފްރީކަމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން ފެށީ 1999 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން އޭނާ އައީ ސްޕެއިންގައި މަތީ ފަންތީގައި ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގައި ވެސް ލަހޯޒް ވަނީ ރެފްރީއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލު ކުރި މެެޗުގައި ލަހޯޒް ރެފްރީއަކަށް ހުރިއިރޔު، އެއީ ތާރީޚީ މެޗެކެވެ. އެ މެޗުގައި ލަހޯޒް ވަނީ ގިނަ ކާޑުތަކެއް ކުޅުންތެރިންނަށް ދައްކައިފަ އެވެ. އެއީ އެއް މެޗެއްގައި އެންމެ ގިނަ ކާޑު ދެއްކި މެޗެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ވާދަކުރި މެޗުގެ ރެފްރީއަކީ ވެސް އޭނާ އެވެ. ލަހޯޒް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި ވެސް ރެފްރީކަން ކޮށްފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގެ އިތުރުން ރަޝިޔާގައި އޮތް މުބާރާތުގައި ވެސް އޭނާ ރެފްރީކަން ކުރި އެވެ.

- ކޮމެންޓް