ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 21:21
އިންޑިއާ އަސްކަރިއްޔާގެ ޗީފް، ޖެނެރަލް މަނޯޖް ޕާންޑޭ
އިންޑިއާ އަސްކަރިއްޔާގެ ޗީފް، ޖެނެރަލް މަނޯޖް ޕާންޑޭ
އެންޑީޓީވީ
އިންޑިއާގެ އަސްކަރީ ކޮމާންޑަރު
"އިންޑިއާއަކީ ބޭނުން ޖެހިއްޖެ ހާލަތެއްގައި ހަރުދަނާ ރައްދު ދެވޭނެ ގައުމެއް"
އެގައުމުގެ އަސްކަރިއްޔާގެ ފައުޖުތަކަކީ އަސްކަރީ މައިދާނުގައި ފާހަގަކޮށްލެވޭ ބްރަމޮސް މިސައިލް ސިސްޓަމްތައް ބޭނުންކުރުމުގެ ގާބިލުކަން ހުރި ސިފައިންކަން ޖެނެރަލް ޕާންޑޭ ފާހަގަކުރެއްވި
ބޭނުންވެއްޖެ ހާލަތެއްގައި ވަރުގަދަ ރައްދު ހަމަލާ ދިނުމުގެ ބާރުވެސް އެގައުމުގައި އެބަހުރިކަމަށް ޗީފް ވިދާޅުވި
އިންޑިއާއަކީ ހަމައެކަނި ހަމަލާތައް ދިފާއުކުރުމުގެ ގާބިލުކަން ހުރި ގައުމެއް ނޫންކަމަށް އެގައުމުގެ އަސްކަރިއްޔާގެ ޗީފް ވަނީ ވިދާޅުވެފައި

އިންޑިއާއަކީ ހަމައެކަނި ކަންކަން ނުކުރުމަށް ގޮވައިލުމުގެ ގާބިލުކަން ހުރި ގައުމެއް ނޫންކަމަށާއި، އެގައުމަކީ ރައްދު ދޭންޖެހޭ ހާލަތްތަކުގައި ހަރުދަނާ ރައްދުވެސް ދެވޭނެ ގައުމެއްކަމަށް، އިންޑިއާ އަސްކަރިއްޔާގެ ޗީފް، ޖެނެރަލް މަނޯޖް ޕާންޑޭ ވިދާޅުވެއްޖެއެވެ.

ޖެނެރަލް ޕާންޑޭ މިހެން ވިދާޅުވެފައިވަނީ ނިމުނު ހަފުތާއެވެ.

ޖެނެރަލް ޕާންޑޭ ވިދާޅުވީ އިންޑިއާ މިއަދު މިއޮތީ ބޮޑެތި ބަދަލުތަކެއް އައުމުގެ މަގުމަތީގައި ކަމަށާއި، ބައިނަލްއަގުވާމީ މާހައުލުގައި އެގައުމުގެ އަގު އުފުލެމުންދާކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ މަސްރަހުން އިންޑިއާއާމެދު ކުރާ އުންމީދު ބޮޑުކަމަށް ފާހަގަކުރައްވައި ޖެނެރަލް ޕާންޑޭ ވަނީ، އިންޑިއާއާއި އެގައުމުގެ ރައްޔިތުން ކުރިއަރަމުން އަންނަ ގޮތުގެ ސަބަބުން، އެގައުމަކީ އެހެން ގައުމުތަކަށް އިތުބާރުކުރެވޭނެ ގައުމެއްކަން ދުނިޔެ ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.

އެގައުމުގެ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް ކުރިއަށްދާކަމީ އެންމެނަށްވެސް އެނގޭ ކަމެއް ކަމަށާއި، އިންޑިއާއަކީ ހަމައެކަނި ހަމަލާތައް ދިފާއުކުރުމުގެ ގާބިލުކަން ހުރި ގައުމެއް ނޫންކަމަށް އެގައުމުގެ އަސްކަރިއްޔާގެ ޗީފް ވަނީ ވިދާޅުވެފައެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ވަރުގަދަ ރައްދު ހަމަލާ ދިނުމުގެ ބާރުވެސް އެގައުމުގައި އެބަ ހުރިކަމަށް ޗީފް ވިދާޅުވިއެވެ.

ޖެނެރަލް ޕާންޑޭ ވަނީ އެގައުމުގެ އަސްކަރިއްޔާގެ، ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންނާއި އަދި އެއްގަމުގައި ހަރަކާތްތެރިވާ ސިފައިންނަކީވެސް މިހާރު އަސްކަރީ މައިދާނުގައި ފާހަގަކޮށްލެވޭ ބްރަމޮސް މިސައިލް ސިސްޓަމްތައް ބޭނުންކުރުމުގެ ގާބިލުކަން ހުރި ސިފައިންކަން ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް