އައްޑޫ ސިޓީ
|
4 ޖޫން 2023 | އާދީއްތަ 16:54
ގަން އިންޓަނޭޝަނަލް އެއާޕޯޓު ނިމޭއިރު އޮންނާނެ ގޮތް
ގަން އިންޓަނޭޝަނަލް އެއާޕޯޓު ނިމޭއިރު އޮންނާނެ ގޮތް
އިކޮނޮމިކް މިނިސްޓްރީ
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ދެކުނުގެ އިގްތިސާދީ މައި ދޮރާށީގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
 
ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް، ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްގީކުރެވޭނެ
 
މި މަޝްރޫއުގެ ދަށުން، އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކު އެއަރޕޯޓުގެ ޓަރމިނަލް ތަރައްގީކުރާނެ
 
އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 5 މާޗް 2023ގައި

ދެކުނު އިގްތިސާދީ މައި ދޮރާށިކަމަށްވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ފައްޓަވައިދެއްވައިފިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވިއިރު އަރިހުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއީލާއި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެކްސްޓަރނަލް އެފެއަރޒް، ވީ މުރަލީދަރަން ބައިވެރިވެވަޑައިގެންނެވިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 5 މާޗް 2023ގައެވެ. މި އެއްބަސްވުމުގައި އައްޑޫ އިންޓަރޭޝަނަލް އެއަރޕޯޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ގައިސް ނަސީރެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިކަމަށްވާ ރެނާޓަސް ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން، ސެލްވަ ސުންދަރަމެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކު އެއަރޕޯޓުގެ ޓަރމިނަލް ތަރައްގީކުރާނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށްޓަކައި ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްގީކުރެވޭއިރު، އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިންގ ސަރަހައްދުތައްވެސް ތަރައްގީކުރާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި، މިއީ ދެކުނުގެ އަތޮޅުތަކަށް އިގްތިސާދީގޮތުންނާއި އިޖްތިމާއީގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެކެވެ. އަދި މިއީ މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތައް ގުޅުވައިދޭ ނާރެހެއްގެގޮތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް ތަރައްގީކޮށްދޭނެ އުއްމީދީ މަޝްރޫއެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް