ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 11:09
ބޯޓު ވެއްޓިފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް: ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތެއް ނުވޭ
ބޯޓު ވެއްޓިފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް: ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތެއް ނުވޭ
އޭޕީ
މަތިންދާ ބޯޓެއް ވެއްޓުން
އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 16 މީހުން މަރުވެއްޖެ
ބޯޓް ވެއްޓިފައިވަނީ މިސިސިޕީގެ ވެރިރަށް ޖެކްސަންގެ އުތުރުން ގާތްގަނޑަކަށް135 ކިލޯމީޓަރު ދުރުން ރަށްފުށުގެ ސަރަހައްދަކަށް
ބޯޓް ވެއްޓުނު ސަބަބެއް އަދިވެސް ސާފެއް ނުވޭ
16 މީހުން މަރުވެފައިވާއިރު ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތެއް ނުވޭ

އެމެރިކާގެ މެރިން ކޯޕްސްގެ މަތިންދާ ބޯޓެއް އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ މިސިސިޕީއަށް ވެއްޓި މަދުވެގެން 16މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އެ ކައުންޓީގެ އިމަރޖެންސީ މެނޭޖްމަންޓް ޑިރެކްޓަރ ފްރެޑް ރެންޑްލް އެމެރިކާގެ މީޑިއާތަކުގައި ވިދާޅުވީ 16 މީހުން މަރުވެފައިވާ ކަމަށާއި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށެވެ.

ކޭސީ 130 ޓްރާންސްޕޯޓް މަތިންދާބޯޓް ވެއްޓިފައި ވަނީ ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައެވެ.

ބޯޓު ވެއްޓިފައި ވަނީ މިސިސިޕީގެ ވެރިރަށް ޖެކްސަންގެ އުތުރުން ގާތްގަނޑަކަށް 135 ކިލޯމީޓަރު ދުރުން ރަށްފުށުގެ ސަރަހައްދަކަށެވެ.

މެރިން ކޯޕްސްގެ ތަރުޖަމާނު ސާރާ ބާންސް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ "ބޯޓަށް ބަދު ނަސީބު ގޮތެއް މެދުވެރިވީ" ކަމަށެވެ. ބޯޓު ވެއްޓެން ދިމާވި ސަބަބާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މިސިސިޕީގެ ގަވަރނަރ ފިލް ބްރަޔަންޓް ވިދާޅުވީ އެ ހާދިސާއަކީ "މުސީބާތެއް"ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

އޮންލައިން ފޮޓޯތަކުން ފެންނަގޮތުގައި ބޯޓް ވެއްޓިފައިވާއިރު ބޯޓްގެ ބޯޓްގެ ބައިތަކުގައި އަލިފާން ހިފައި ބޯކޮށް ދުން އަރަމުންދެއެވެ.

ބޯޓް ވެއްޓުނު ސަރަހައްދުގައި އޮންނަ ދަނޑު ބިމެއްގައި މަސައްކަތްކުރާ އެންޑީ ޖޯންސް އެސޯސިއޭޓެޑް ޕްރެސްގައި ބުނީ ބޫން އަޑު އިވިގެން މަތި ބަލާލިއިރު ބޯޓް އެނބުރެމުން އެނބުރެމުން ބިމަށް ވެއްޓެނީކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް