ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 09:46
އިންޑިއާގައި ތިން ރޭލު ޖެހި ހިނގި އެކްސިޑެންޓު
އިންޑިއާގައި ތިން ރޭލު ޖެހި ހިނގި އެކްސިޑެންޓު
ރޮއިޓާސް
އިންޑިއާ ރޭލް އެކްސީޑެންޓް
އިންޑިއާގައި ތިން ރޭލު ޖެހި ހިނގި އެކްސިޑެންޓުގައި 233 މީހުން މަރުވެއްޖެ
މި ހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން ހުކުރު ދުވަހުގެ ރޭ 7:00 އެހާއިރު
900 އެއްހާ މީހުން ޒަހަމްވި
233 މީހުން މަރުވި

އިންޑިއާގެ އޮޑިއްސާގައި ދެ ފަސިންޖަރު ރޭލާ މުދާއުފުލާ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގައި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ކަމާގުޅޭ އިދާރާތަކާ ހަވާލާދީ ރޮއިޓަރސް އިން ފުރަތަމަ ބުނެފައިވާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ އަދަދު 233 އަށް ވަނީ އަރާފައެވެ. އަދި އިތުރު 900 އެއްހާ މީހުން ނަށްވަނީ އެކި އަނިޔާތައް ލިބިފައެވެ. ބައެއްމީހުންގެ އަތްފައި ބިނދި ބޯފެޅި މިފަދަ އެތައް އަނިޔާތަކެއް ލިބިފައި ވެއެވެ. އަދި މިހާދިސާގައި މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރު ވާނެކަމަށް ބެލެވޭ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން ހުކުރު ދުވަހުގެ ރޭ 7:00 އެހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބެންގަލޫރުން ހައުރާއަށް ދަތުރު ކުރަމުންދިޔަ ހައުރާ ސުޕަފާސްޓް އެކްސްޕްރެސްގެ ރޭލެއް މަޑުކޮށްފައި އޮތް މުދާއުފުލާ ރޭލެއްގައި ޖެހި، މަގުން ކައްސާލި ވަގުތާ ދިމާކޮށް ކޮލްކަތާއި އިން ޗެންނާއީއަށް ދަތުރު ކުރަމުންދިޔަ ކޮރޮމެންޑެލް އެކްސްޕްރެސް އައިސް އެދެރޭލުގައި ޖެހިގެންނެވެ.

ހާދިސާ ހިނގުމާއެކު ސަރުކާރުގެ ރެސްކިއު ޓީމްތައް ދިއުމުގެ ކުރިންވެސް ގިނަ އަދަދެއްގެ އާންމުން ނިކުމެ ރޭލްގެ އެތެރޭގައި ބަންދުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަނިޔާވި މީހުން ހޮސްޕިޓަލް އަށް ގެންދިއުމަށް ވަރަށް ގިނަ އަދެއްގެ އެމްބިއުލައިންސް ވެސް ހަރަކާތްތެރިވެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ހިތާމަ ފާޅު ކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި އެމަނިކުފާނު ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

މިއީ އިންޑިއާގެ ރޭލްވޭއެއްގައި ފާއިތުވި ކުރު މާޒީގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާއެވެ.

މިޚަބަރާ ބެހޭ މެންދުރުގެ އަޕްޑޭޓް ތައް ބުނާގޮތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 261 އަށް އަރާފައެވެ.

- ކޮމެންޓް