ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 07:19
ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް
ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް
ގެޓީ އިމޭޖަސް
ރާމޯސް ކްލަބް ދޫކޮށްލުން
ސާޖިއޯ ރާމޯސްވެސް ޕީއެސްޖީ ދޫކޮށްލާކަން އިއުލާންކޮށްފި
 
ހޮނިހިރު ދުވަހުގެރޭ ކުޅޭނީ ފަހު މެޗު

ސްޕެއިންއާއި ރެއާލް މެޑްރިޑްގެ ކުރީގެ ކާމިޔާބު ޑިފެންޑަރ ސާޖިއޯ ރާމޯސްވެސް ޕީއެސްޖީ ދޫކޮށްލާކަން އިއުލާންކޮށްފިއެވެ.

މިސީޒަންގެ ނިޔަލަށް އެއްބަސްވުން ހަމަވާ ރާމޯސް ޕީއެސްޖީއާއެކު ހޭދަކުރާ ފަހު ދުވަހަކީ ހޮނިހިރު (މިއަދު) އެވެ. ފްރެންޗް ލީގުގައި ޕީއެސްޖީ ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗާއެކު ސީޒަން ނިމޭނެއެވެ. ރާމޯސް ބުނީ މިއީ އަނެއްކާވެސް ޚާއްޞަ ދުވަހެއް ކަމަށެވެ. އެއީ އޭނާގެ ކެރިއަރުގައި އަނެއްކާވެސް މުހިއްމު ސްޓޭޖަކަށް ނިމުން އަންނަ ދުވަސްކަމަށެވެ. ހޮނިހިރަށްފަހު ޕީއެސްޖީއާ އަލްވަދާއު ކިޔާނެކަމަށް ސާފްކޮށް ރާމޯސް ބުނެފައިވެއެވެ.

ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު ޑިފެންޑަރު ރެއާލް މެޑްރިޑް ދޫކޮށް ޕީއެސްޖީއާ ގުޅުނީ 2021 ވަނަ އަހަރުއެވެ. ފުރަތަމަ ސީޒަން ހޭދަކުރީ އަނިޔާގައެވެ. އެކަމަކު ކްލަބް ދޫކޮށްލަނީ 57 މެޗު ކުޅެ, ދެ ލީގު ތަށި ކްލަބާއެކު ހޯދާދީފައެވެ. ޕީއެސްޖީގެ ރައީސް ވިދާޅުވީ ސާޖިއޯގެ ލީޑަރޝިޕާއި, ޓީމް ރޫހާއި, ޕްރޮފެޝަނަލިޒަމް އެކުވުމުން އެއީ ފުރިހަމަ ކުޅުންތެރިއެއް, ލެޖެންޑެއްކަމަށެވެ. ސާޖިއޯ ރާމޯސް ޕީއެސްޖީއަށް ކުޅުމަކީ އެކްލަބަށް ލިބުނު ފަޚުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާމޯސް އަކީ ވަރލްޑްކަޕާއި, ދެ ޔޫރޯ ކާމިޔާބުކުރި, ސްޕެއިން ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. 37 އަހަރުގެ ރާމޯސް ދެން ފެންނާނެ ކްލަބެއް ސާފެއް ނޫނެވެ. ރާމޯސްގެ ކުރިން ޕީއެސްޖީ ދޫކޮށްލާކަން މެސީ ވެސް ވަނީ އިއުލާން ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
0%
0%
50%
ކޮމެންޓް