ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 09:41
ނަވާޒް ޝަރީފްގެ ޕާޓީގެ ލީޑަރުން ވިދާޅުވަމުން ގެންދަވަނީ އެ ރިޕޯޓުން އޭނާ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައިވާ ކަމަށް ސާބިތު ނުވާކަމަށް
ނަވާޒް ޝަރީފްގެ ޕާޓީގެ ލީޑަރުން ވިދާޅުވަމުން ގެންދަވަނީ އެ ރިޕޯޓުން އޭނާ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައިވާ ކަމަށް ސާބިތު ނުވާކަމަށް
ގޫގުލް
ނަވާޒް ޝަރީފްގެ ކޮރަޕްޝަން
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
ތަހުގީގު ޓީމުންވަނީ މި މައްސަލަ ނޭޝަނަލް އެކައުންޓަބިލިޓީ ކޯޓަށް ހުށަހެޅުމަށް ލަފާދެއްވާފަ
ރިޕޯޓާއި ހެކީގެ ގޮތުގައި ލިބިފައިވާ ތަކެތި އަޅާފައިވާ ދެ ފޮށިގަނޑު ހަވާލުކޮށްފަ
ރިޕޯޓުން އޭނާ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައިވާ ކަމަށް ސާބިތު ނުވާކަމަށް

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލައިގެ ޝަރީއަށް ސުޕްރީމް ކޯޓުން ހޯމަ ދުވަހު އަނެއްކާވެސް ފަށައިފިއެވެ.

ކސާބިތުވެއްޖެނަމަ ނަވާޒް ޝަރީފަށް މަގާމު ގެއްލިވަޑައިގަންނަވާނެ ފަދަ ކުށެއްގެ މި ޝަރީއަތް އަލުން ފަށާފައިވަނީ ތަހުގީގަށް ފާހަގަކުރެވުނު ކަންކަން ފަނޑިޔާރުންގެ އަތްޕުޅަށް ހުށަހެޅުމުންނެވެ.

ގުޅިފައިވާ ތަހުގީގު ޓީމުގައި ހިމެނެނީ ޕާކިސްތާނުގެ ފުލުހުންނާއި،އަސްކަރިއްޔާ އަދި މާލީ ދާއިރާ ރެގިއުލޭޓްކުރައްވާ ފަރާތްތަކެވެ. މި ފަރާތްތަކުން ވަނީ ބޮޑުވަޒީރުގެ އާއިލާގެ މުދަލާ ބެހޭގޮތުން ހެކިހޯދުމާއި ހެކީންނާއި ސުވާލުކުރުމަށް 60 ދުވަސް ހޭދަކޮށްފައެވެ.

ތަހުގީގު ޓީމުންވަނީ މި މައްސަލަ ނޭޝަނަލް އެކައުންޓަބިލިޓީ ކޯޓަށް ހުށަހެޅުމަށް ލަފާދެއްވާފައެވެ.

އެގޮތަށް ނިންމާފައިވަނީ ޝަރީފްގެ އާއިލާގެ މުދަލާމެދު ޒިންމާނެގުމަށް ދުވަސްތަކެއް ނަގާފައިވާތީއެވެ.

ތަހުގީގު ޓީމުންވަނީ މުދަލާމެދު ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް އެ މުދާ ގަތް ގަޮތެއް ބުނެދެވިފައި ނުވާކަމަށް ބުނެފައެވެ.

އަދި އެ މުދާ ހޯދުމަށް ފައިސާ ލިބުނު ގޮތެއް ވެސް ބުނެނުދެވެއެވެ.

ނަވާޒް ޝަރީފްގެ ދެ ދަރިކަލުން ކަމަށްވާ ހަސަންއާއި ހުސެއިން އެތައް ފަހަރެއްގެ މަތިން ތަހުގީގަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު ޚުދު ޝަރީފްވެސް ޖޫން މަހުގެ 15 ދުވަހު ވަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މީގެ އިތުރުން ސިޔާސީ މަގާމެއްވެސް ފުރުއްވަމުން ގެންދަވާ އަންހެން ދަރިފުޅު، މަރްޔަމް ނަވާޒާވެސް ވަނީ ސުވާލުކޮށްފައެވެ.

ގުޅިފައިވާ ތަހުގީގު ޓީމުން ހޯމަ ދުވަހު ވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އެޕެކްސް ކޯޓަށް ރިޕޯޓާއި ހެކީގެ ގޮތުގައި ލިބިފައިވާ ތަކެތި އަޅާފައިވާ ދެ ފޮށިގަނޑު ހަވާލުކޮށްފައެވެ.

ކޯޓުންވަނީ ދެ ފަރާތުގެ ވަކީލުންނަށްވެސް ދައުވާއަށް ޖަވާބުދާރީ ވުމަށް ވަގުތު ދެއްވުމުގެ ގޮތުން ޖުލައި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އަޑުއެހުންތައް ފަސްކޮށްފައެވެ.

ނަވާޒް ޝަރީފްގެ މައްޗަށް ކުރާ  ތުހުމަތުތައް ބިނާކޮށްފައި އޮތި 1990ގެ އަހަރުތަކުގައި ބޮޑުވަޒީރެއްގެ ގޮތުގައި ފުރިހަމަ ކުރެއްވި ދައުރުގައި  ނަވާޒް ޝަރީފާއި އޭނާގެ އާއިލާއިން ގާނޫނާ ޚިލާފަށް ހޯދާފައިވާ ނާޖާއިޒު ފައިދާތައް ކަމަށް އިދިކޮޅު ލީޑަރު އިމްރާން ޚާން އަދި އިތުރު ފަރާތްތަކުން ތުހުމަތުކުރާ ކަންކަމެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ލީކުވި ޕެނަމާ ޕޭޕާސް ގައި ބުނާ، ނަވާޒް ޝަރީފްގެ ދަރިންގެ ނަމުގައި އިނގިރޭސިވިލާތުގެ ވާޖިން އައިލެންޑްގައި ރަޖިސްޓްރީ ކޮށްފައިވާ އޮފްޝޯ ކުންފުނިތަކުން ހޯދާ މަންފާ ހިމެނެއެވެ.

ލިޔުންތަކުން ފެންނަ ގޮތުގައި އެ ކުންފުނިތަކުންވަނީ 2007 ވަނަ އަހަރު އިނގިރޭސި ވިލާތުން ނަވާޒް ޝަރީފް ބައްލަވައިގެންނެވި 13.8 މިލިއަން ޑޮލަރުގެ ގެ ބައްލަވައިގަތުމަށް ލޯން ހޯދުމުގައި ރަހުނެއްގެ ގޮތުގައި ބައިވެރިވެފައިވާ ކުންފުނި ތަކެވެ. އަދި މީގެ އިތުރުން ހަމަ އެ އަހަރު އިތުރު 11.2 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކުންފުނިތަކެވެ.

އޮފްޝޯ ކުންފުންޏެއް އުފެއްދުމަކީ ޕާކިސްތާނުގައި ގާނޫނާ ޚިލާފް ކަމެއް ނޫންނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ނަވާޒް ޝަރީފް ލަންޑަނުން ޕްރޮޕަޓީ ބައްލަވައިގެންފައިވަނީ ކޮރަޕްޝަނުގެ ތެރެއިންނެވެ. އަދި ޓެކްސް އިދާރާތަކަށް އޭނާގެ މިލްކިއްޔާތު ފުރިހަމައަށް ހާމަކޮށްފައެއް ނުވެއެވެ.

ނަވާޒްޝަރީފްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުގައި ކުރާ ތަހުގީގު ފުޅާކޮށް، ޕާކިސްތާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސައުދީ އަރަބިއްޔާއިން އިންޑަސްޓްރިއަލް ޔުނިޓްތައް ބައްލަވައިގެންނެވި ކަމަށް ބުނާ މައްސަލަތައްވެސް ވަނީ ބަލާފައެވެ.

މިއީ ބޮޑުވަޒީރު ނަވާޒު ޝަރީފް މަގާމުން ދުރުކުރުމަށް ތަހްރީކީ އިންސާފް ޕާޓީގެ ލީޑަރު އިމްރާން ޚާން ކުރައްވަމުން ގެންދެވި މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.

ހޯމަ ދުވަހު ރިޕޯޓަރުންނާ ވާހަކަދައްކަވަމުން އިމްރާން ޚާންވަނީ ނަވާޒް ޝަރީފްއަށް މަގާމުގައި ހުންނެވުމުގެ އެއްވެސް ހަމައެއް ނެތްކަމަށް ވިދާޅުވެފައެވެ.

ނަވާޒް ޝަރީފްގެ ޕާޓީގެ ލީޑަރުން ވިދާޅުވަމުން ގެންދަވަނީ އެ ރިޕޯޓުން އޭނާ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައިވާ ކަމަށް ސާބިތު ނުވާކަމަށެވެ.

 

- ކޮމެންޓް