ކ. މާލެ
|
2 ޖޫން 2023 | ހުކުރު 13:10
ހުކުރު ނަމާދު
ހުކުރު ނަމާދު
ރާއްޖެއެމްވީ
ދޮގު ހެދުން
ދޮގުހެދުމާއި އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތް: ޚުތުބާ
ދޮގުވެރިކަމަކީ ދޮގުހަދާ މީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް

ދޮގުހެދުމާއި އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ތެދުބުނުމަކީ ސުވަރުގެއަށް މަގުފަހިވާކަމެއް މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ ދޮގުވެރިކަމަކީ ދޮގުހަދާ މީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް ކަމަށެވެ. އެއީ ނުބައިކަންތައްތަކަށް މީހާ ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި ނުބައި ބައެއް ސިފަތަކަށް ފަރުވާދެވުނަސް ދޮގުހެދުމާއި އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތް ކަމަށެވެ.

ބައެއް ފަހަރު އިންސާނުން އެމީހުންނަށް ކުރެވޭ ކުށުން ސަލާމަތްވުމަށްޓަކައި ވެސް ދޮގުހަދާ ކަމަށާއި އެހެންނަމަވެސް އިސްލާމްދީން ގޮވައިލަނީ ކުށް ޤަބޫލުކުރުމަށް ކަމަށް ޚުތުބާގައިވެއެވެ. ހައްޤު ބަސް ބުނުމުގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމަށް އޭނާއަށް ހީވިޔަސް އޮތީ ތެދާއި އެއްކިބާނުވުން ކަމަށް ޚުތުބާގައި ބުންޏެވެ.

ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަ ބޮޑުވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދޮގު ޚަބަރުފަތުރާ ނޫސްވެރިޔާއާއި ދޮގު ވާހަކަ ޓުވީޓުކުރާ މީހާއާއި އަމިއްލަ އެދުމެއް ހާސިލު ކުރުމަށްޓަކައި ވާހަކަ ހަދައިގެން ފަތުރާ މީހާއާއި އަމިއްލަ މަޤްސަދަކަށްޓަކައި މީހުންގެ ވާހަކަތައް ވެރިންގެ ގާތުގައި ދައްކާމީހާ އާއި ދޭތެރެ ޖައްސާ މީހާ، އެ އަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށް ކަމަށެވެ.

އިސްލާމްދީނުގައި ދޮގުހެދުމަކީ ހަރާމްކަމެއް ކަމަށާއި ސަމާސާކުރުމުގައި ވެސް އޮތީ ތެދުބުނުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އިސްލާމްދީނުގައި ސާމާސާކުރުމާއި އުފާކުރުން ނެތީއެއް ނޫން ކަމަށާއި އެހެނަސް އެފަދަ ކަންތައް ކުރުމަށް އަންގާފައިވަނީ ދޮގުހެދުމެއް ނެތިކަމަށް ޚުތުބާގައި ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް