ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 21:44
ޓެކަރސް މައިލޯ ޗެމްޕިއަންޝިޕް ރިސޯޓް ކަޕް 2022ގެ ތެރެއިން
ޓެކަރސް މައިލޯ ޗެމްޕިއަންޝިޕް ރިސޯޓް ކަޕް 2022ގެ ތެރެއިން
ޓެކާސް
ޓެކަރސް ފުޓްސަލް ކަޕް
ރ އަތޮޅުގެ ކުޅުން ހޮނިހިރު ދުވަހު ފަށަނީ
ރ އަތޮޅު ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޯލި މޯލްޑިވްސްގައި

ޓެކަރސްއިން ކުރިއަށްގެންދާ ރިސޯޓް ފުޓްސަލް ކަޕްގެ ރ އަތޮޅު ބުރުގެ ކުޅުން ހޮނިހިރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މި މުބާރާތުގެ ރ އަތޮޅު ޒޯނުގައި ބައިވެރިވެފައިވަނީ ޖުމުލަ ހަތަރު ރިސޯޓަކުންނެވެ. އެއީ އަމާރީ ރާޔާ މޯލްޑިވްސް، ކޮރަ ކޮރަ މޯލްޑިވްސް، ޖޯލި މޯލްޑިވްސް އަދި ޖޯލި ބީންއެވެ. ރ އަތޮޅު ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޯލި މޯލްޑިވްސްގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖޯލި މޯލްޑިވްސްއާއި އަމާރީ ރާޔާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކޮރަ ކޮރަ މޯލްޑިވްސްއާއި ޖޯލި ބީންއެވެ.

މި މުބާރާތުގައި މިދިޔަ މެއި މަހު ވަނީ ދ އަތޮޅުގެ ކުޅުން ކުރިއަށްގެންގޮސްފައެވެ. އެ ޒޯނުގެ ޗެމްޕިއަންކަން ހޯދީ ސެއިންޓް ރެޖިސް ވޮއްމުއްޔެވެ. އެއާއެކު އެ ޓީމަށް ވަނީ ސެމީ ފައިނަލުން ޖާގަ ލިބިފައެވެ. ސެމީގައި އެ ޓީމު ނިކުންނަންޖެހޭނީ ކ އަތޮޅު ދެކުނުގެ ޗެމްޕިއަނުންނާއެކުގައެވެ. ރ އަތޮޅުގެ ޗެމްޕިއަނުން ސެމީގައި ބައްދަލުކުރަންޖެހޭނީ ބ އަތޮޅުގެ ޗެމްޕިއަން ހޯދާ ޓީމަކާއެވެ.

މިއީ ޓެކަރސްއިން އިސްނަގައިގެން މި މުބާރާތް ކުރިއަށްގެންދާ ދެވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް