ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 07:56
ޔުނައިޓެޑަށް ބަދަލުވި ރޮމެލޫ ލުކާކޫ
ޔުނައިޓެޑަށް ބަދަލުވި ރޮމެލޫ ލުކާކޫ
ޓްވިޓަރ
ރޮމެލޫ ލުކާކޫ
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި
ލުކާކޫ ޔުނައިޓެޑަށް ސޮއިކުރީ 75 މިލިއަން ޕައުންޑަށް
ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެވަޓަންގެ ކުރީގެ ފޯވާޑް ރޮމެލޫ ލުކާކޫ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ 75 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރަށެވެ.

އެގޮތުން އޭނާ އަކީ ދެވަނަ އަށް ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކާލި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ޕްރިމިއާ ލީގުގައި ހިނގި އެންމެ އަގުބޮޑު ޓްރާންސްފާ އަކި ޕައުލް ޕޮގްބާގެ ޓްރާންސްފާއެވެ. އޭނާ ހޯދުމަށް ޔުނައިޓެޑުން ވަނީ 89.5 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ.

މިވަގުތު ރަހްމަތްތެރިޔާ ޕޮގްބާއާއެކު ލުކާކޫ ކެލިފޯނިއާގައި ޗުއްޓީ ހޭދަކުރަމުން އަންނަނއިރު، ޔުނައިޓެޑުން މިފަހަރުގެ ސަމާ ޓުއާ ކުރިޔަށް ގެންދިޔުމަށްވެސް ހަމަޖެހިފައިވަނީ އެތާގައެވެ.

ލުކާކޫގެ ޓްރާންސްފާއާ ގުޅޭގޮތުން ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ ލުކާކޫ އަކީ ޔުނައިޓެޑަށް ވަރަށް ބޭނުންތެރި ކުޅުންތެރިޔެއް ކަމަށާއި، އެއީ ހުނަރުން ފުރިގެންވާ ކުޅުންތެރިޔެއް ކަމަށެވެ.

ޔުނައިޓެޑަށް ބަދަލުވުމަށްފަހު ލުކާކޫ ބުނީ މިއީ އޭނާގެ ކެރިޔަރުގައި ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި، މި ފުރުސަތު ފުރަތަމަ ލިބުމުންވެސް ނޫނެކޭ ބުނަން އޭނާ ބޭނުންނުވި ކަމަށެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

މީގެ އިތުރުން އޭނާ ވަނީ މިހާތަނަށް އެވަޓަން އަށް ކުޅުނު 219 މެޗުގައި 104 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބެލްޖިއަމް ޓީމަށް ކުޅުނު 57 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް