ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 09:25
މުދަލާއެކު ދަތުރުކުރަމުންދަނިކޮށް އަޑިއަށް ދިޔަ އާލާ ބޯޓު
މުދަލާއެކު ދަތުރުކުރަމުންދަނިކޮށް އަޑިއަށް ދިޔަ އާލާ ބޯޓު
އެމްއެންޑީއެފް
ބޯޓު އަޑިއަށް ދިއުން
އާލާ ބޯޓު އަޑިއަށް ގޮސްފި
ބޯޓު އަޑިއަށް ގޮސްފައިވަނީ ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބެރުގައި އޮއްވާ
ބޯޓު ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 05:22 ހާއިރު
އާލާ ބޯޓުން ދަތުރުކުރަމުންދިޔައީ 15 މީހުން

މުދަލާއެކު "އާލާ" ބޯޓު އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު އަޑިއަށް ގޮސްފައިވަނީ ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބެރުގައި އޮއްވާ ކަމަށެވެ.

މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓު ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 05:22 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ބ.އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބެރުގައި އޮތް މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބ. އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

ދިޔަވި ބޯޓު އަޑިއަށްދަނީ - އެމްއެންޑީއެފް

މީގެ އިތުރުން، ޅ. މާފިލާފުށިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވެސް އެ ސަރަހައްދަށް ގޮސްފައިވެއެވެ.

އާލާ ބޯޓުން ދަތުރުކުރަމުންދިޔަ 15 މީހުން މިހާރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސްއަށް ނަގާފައިވާއިރު، ބޯޓު އެއްކޮށްވަނީ އަޑިއަށް ގޮސްފައެވެ.

- ކޮމެންޓް