ކ. މާލެ
|
31 މެއި 2023 | ބުދަ 22:02
އެމް-ފައިސާއިން ފައިސާ ދައްކައިގެން ސްކޫޕީ ލިބުނު ނަސީބުވެރިޔާއާއި ސައިކަލު ހަވާލުކުރަނީ
އެމް-ފައިސާއިން ފައިސާ ދައްކައިގެން ސްކޫޕީ ލިބުނު ނަސީބުވެރިޔާއާއި ސައިކަލު ހަވާލުކުރަނީ
އުރީދޫ
އެމް-ފައިސާ
އެމް-ފައިސާ މެދުވެރިކޮށް އެފްއެސްއެމްއަށް ފައިސާ ދައްކައިގެން ސްކޫޕީ ސައިކަލް ލިބުނު ނަސީބުވެރިޔާ އަށް ސައިކަލް ހަވާލުކޮށްފި
 
އެމް-ފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކީ މުސްއަބު މުނީރު

އުރީދޫ މޯލްޑިވްސް އެމް-ފައިސާ މެދުވެރިކޮށް މާލެ، ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމް-ފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތާ ހޮންޑާ ސްކޫޕީ ކްލަބް 12 ސައިކަލު ހަވާލުކޮށްފިއެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ބޭއްވި މި ހާއްސަ ހަރަކާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަދި ކިންގްސްޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އެމް-ފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކީ މުސްއަބު މުނީރެވެ.

އުރީދޫ މޯލްޑިވްސް އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގުޅިގެން ގްރޭޓަރ މާލެ ސަރައްހުދުގައި ބެހެއްޓިފައި ހުރި އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުގައި އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ފަހިކޮށްދިނުން ވެގެން ދިޔައީ އެފްއެސްއެމް ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ.

ޕެޓްރޯލް ޝެޑުތަކުގައި ބަހައްޓާފައި ހުންނަ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްގެން ކަސްޓަމަރުންނަށް މިހާރު ސިކުންތުކޮޅެއްގެ ތެރޭގައި ފަސޭހަކަމާ އެކު ފައިސާ ދައްކާލެވެއެވެ. ފަސޭހަ އަދި ރައްކާތެރި މި ހިދުމަތުގެ އަމާޒަކީ ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވާ އިތުބާރު ހިފޭ ހައްލުތައް ހޯދައިދިނުމެވެ.

އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ރާއްޖޭގެ އެންމެ މަގުބޫލު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް ފައިސާ ދެއްކުމުގެ އިތުރުން ހާއްސަ އޮފާތައް ފަދަ ގިނަ ފައިދާތައް ހޯދުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫއިން މަރުހަބާ ކިޔައެވެ. އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ބޭންކުތައް މެދުވެރިކޮށް އޮންލައިންކޮށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް