ކ. މާލެ
|
30 މެއި 2023 | އަންގާރަ 18:31
މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ
މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ
އެންވަރަންމަންޓް މިނިސްޓްރީ
ޖެމްސް ވަރކްސްޕޭސް
ޖެމްސް ވަރކްސްޕޭސްއާއެކު ސަރުކާރުގެ މަސައްކަތްތައް ހަލުވިވެ ހަރުދަނާވާނެ: ޝައުނާ
މި ނިޒާމާއެކު އޮފީސްތަކުން ސޮފްޓްވެއަރތަކަށް ކުރާ ޚަރަދު ކުޑަވާނެ
ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު ކުޑަވާނެ

ޖެމްސް ވަރކްސްޕޭސްގެ އެހީގައި ސަރުކާރުގެ މަސައްކަތައް މިހާރަށްވުރެ ހަލުވިކޮށް، ހިންގުން އެތަކެއް ގުނައެއް ހަރުދަނާވެގެންދާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޖެމްސް ވާރކްސްޕޭސް އަމަލީގޮތުން ތަޖުރިބާ ކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޖެމްސް ވާރކްސްޕޭސް އަކީ ރައީސުލް ޖުމުހުރިއްޔާގެ އެންގެވުމުގެ މަތިން، ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިއުން ބަދަލުކުރުމަށްޓަކައި ބޭނުންކުރަމުން އައި ދުވަސްވެފައިވާ "ގަވަރމެންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ޑީކޮމިޝަންކޮށް، އޭގެ ބަދަލުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ނިޒާމެކެވެ.

މިނިސްޓަރ ވިދާޅުވީ ޖެމްސް ވާރކްސްޕޭސްގެ އެހީގައި ސަރުކާރުގެ މަސައްކަތައް މިހާރަށްވުރެ ހަލުވިކޮށް، ހިންގުން އެތަކެއް ގުނައެއް ހަރުދަނާވެގެންދާނެ ކަން ޔަގީންކުރައްވާކަމަށެވެ. މިފަދަ ނިޒާމަކާއެކު އޮފީސްތަކުން ސޮފްޓްވެއަރތަކަށް ކުރާ ޚަރަދު ކުޑަވެ، ޑިޖިޓަލައިޒްކޮށް ކަންކަން ކުރެވި، ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު ކުޑަވާނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ނިޒާމް މެދުވެރިކޮށް އޮފީހުން ބޭރުގައިވެސް މަސައްކަތްކޮށްލުމުގެ ފަސޭހަކަން ތަނަވަސް ވެގެން ދާނެ. އަޅުގަނޑު ޤަބޫލުކުރަނީ މި ނިޒާމްވެގެން ދާނީ ބޭނުންކުރާ ފަރާތްތަކަށްވެސް ފަސޭހަ، މަސައްކަތުގެ ދުވެލި ހަލުވިކޮށްދޭ ނިޒާމެއްގެ ގޮތުގައި.
މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

މިނިސްޓަރ ވަނީ ޖެމްސް ވަރކްސްޕޭސް ތަޖުރިބާ ކުރުމުގެ މަރުހަލާގައި ބައިވެރިވާ މުއައްސަސާތައް ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހުރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް މިކަމުގައި ބައިވެރިވާތީ މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އުންމީދުކުރައްވަނީ ޖެމްސް ވާރކްސްޕޭސް ތަޖުރިބާކުރުމުގެ މި މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލެވި، ވީ އެންމެ އަވަހަށް މި ނިޒާމް ރަސްމީކޮށް ލޯންޗުކުރެވިގެން ދިއުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް