ކ. މާލެ
|
30 މެއި 2023 | އަންގާރަ 17:01
ހޮޓެލްސް އެންޑް ރިޒޯޓް އިންވެސްޓްމެންޓްސް އޮފް މޯލްޑިވްސް އާއި ބަހްރެއިންގެ އެޗް އަލް ދާއެން ބޯޓްސް ޑަބްލިއުއެލްއެލް އެއްބަސްވުމެއްގައި ސޮއިކުރުން
ހޮޓެލްސް އެންޑް ރިޒޯޓް އިންވެސްޓްމެންޓްސް އޮފް މޯލްޑިވްސް އާއި ބަހްރެއިންގެ އެޗް އަލް ދާއެން ބޯޓްސް ޑަބްލިއުއެލްއެލް އެއްބަސްވުމެއްގައި ސޮއިކުރުން
ރާއްޖެއެމްވީ
ހޮޓެލްސް އެންޑް ރިޒޯޓް އިންވެސްޓްމެންޓްސް އޮފް މޯލ
ރާއްޖޭގެ ބޯޓިން، މެރިން އަދި ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް ހަރިމް އިން ބަހްރެއިންގެ ކުންފުންޏަކާއެކު ސޮއިކޮށްފި
 
މިރަސްމިއްޔާތުގައި މިނިސްޓަރުންނާއި، ބޯޓިންގ، މެރިން އަދި ޓޫރިޒަމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވި
 
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައި ވަނީ މެއި 29 ވަނަ ދުވަހުގެ ރޭ، ހޮޓެލް ޖެންގައި
 
ހަރިމްގެ ޗެއަރމަން ވިދާޅުވީީ ބަހްރައިންގެ ކުންފުންޏަކާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިއުމަކީ މިދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް

ރާއްޖޭގެ ބޯޓިންގ، މެރިން އަދި ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުންފުނިތަކާއެކު މަސައްކަތްކުރުމަށް ހޮޓެލްސް އެންޑް ރިޒޯޓް އިންވެސްޓްމެންޓްސް އޮފް މޯލްޑިވްސް (ހަރިމް) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބަހްރައިންގެ އެޗް އަލް ދައެން ބޯޓްސް ޑަބްލިއު.އެލް.އެލް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައި ވަނީ މެއި 29 ވަނަ ދުވަހުގެ ރޭ، ހޮޓެލް ޖެންގައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރުންނާއި، ބޯޓިންގ، މެރިން އަދި ޓޫރިޒަމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ރަސްމިއްޔާތު ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ހަރިމްގެ ވައިސް ޗެއަރ އަދި މެނޭޖިން ޑިރެކްޓަރ، އަޔޭޝަ ނުރައިން ވަނީ މިއީ ރާއްޖޭގެ މުޅި ބޯޓިންގ އިންޑަސްޓްރީ އަށާއި މުޅި ގައުމަށް ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މިރަސަމިއްޔާތުގައި، ހަރިމްގެ ޗެއަރމަން މުހައްމަދު ޖަނާ ވަނީ ބަހްރައިންގެ ކުންފުންޏަކާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިއުމަކީ މިދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވަނީ ބޯޓިންގ، މެރިން އަދި ޓޫރިޒަމް އިންޑަސްޓްރީގެ ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންނަށް، އެބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ފިލައެއްވެސް އަރުވާފައެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި، ރައީސް އޮފީހުގެ މިނިސްޓަރ، ޒަހާ ވަހީދު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެލައިޑް އިންޝޫރަންސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަފާޒްގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ، ކެޕްޓަން ސައީދުގެ މަސައްކަތްތަކުގެ އަގު ވަނީ ވަޒަންކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް