ކ. މާލެ
|
30 މެއި 2023 | އަންގާރަ 14:08
ރެނިޓިޑިން އިންޖެންޝަނެއް
ރެނިޓިޑިން އިންޖެންޝަނެއް
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ރެނިޓިޑިން އިންޖެކްޝަން
ބަނޑާއި ގޮހޮރުގެ މައްސަލަތަކަށް ބޭނުންކުރާ ރެނިޓިޑިން އިންޖެކްޝަންގެ ބެޗެއް ބޭނުންކުރުން މަނާކޮށްފި
މި ބެޗ،ް އެއްވެސް ފާރމަސީ އެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރ 7200321 އަށް އެންގުމަށް ވަނީ އެދިފައި
ބޭސް ސިޓީއަށް ބޭސް ގެންނަ ފަރާތްތަކުގެ ބޭސް، ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ

ބަނޑާއި ގޮހޮރުގެ މައްސަލަތަކަށް ބޭނުންކުރާ ރެނިޓިޑިން އިންޖެކްޝަންގެ ބެޗެއް ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އެތޯރިޓީން ނެރުނު އެލާޓެއްގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ Aciloc (Ranitidine Injection) ގެ RP21311 ބެޗުން ކޮލިޓ މައްސަލަތަކެއް ފެނިފައިވާތީ މި ޕްރޮޑަކްޓްގެ މިބެޗ،ް ރާއްޖެ އެތެރެ ކުރުމާއ،ި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

ބޭހުގެ ނަން: Ranitidine injection (aciloc 25mg/ml)

އުފެއްދިތަން: ކެޑިލާ ފާމަސޫޓިކަލްސް ލިމިޓެޑް، އަހުމަދުއާބާދު

ބެޗް ނަންބަރު: RP21311

މުއްދަތު ހަމަވާ ތާރީހު: 06/2024

އެމްއެފްޑީއޭއިން ބުނެފައިވަނީ މި ބޭހުގެ މި ބެޗ،ް އެއްވެސް ފާރމަސީ އެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 އަށް އެންގުމަށެވެ.

އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީ އަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ރެނިޓިޑިން އެސިލޮކް އިންޖެކްޝަން ނިސްބަތްވަނީ ގޭސްޓްރޯއިންޓެސްޓިނަލް އެޖެންޓްސް ކިޔާ ބޭސް ގްރޫޕަކަށެވެ. އެއީ ބަނޑުގައި ރިއްސުމާއި، ހަޖަމު ނުވުން، މޭ އެންދުން، އެސިޑް ރިފްލަކްސް، ގޭސްޓްރޯ-އޯސޯފޭޖިއަލް ރިފްލަކްސް ޑިޒީޒް (GORD)، އަދި ހަޖަމު ނުވުން ފަދަ ކަންކަމަށް ފަރުވާ ދިނުމަށާއި ރައްކާތެރިވުމަށް ބޭނުންކުރާ އެއްޗެކެވެ. އެއީ ބަނޑުގައި ހުންނަ އެސިޑްގެ މިންވަރު މަދުކޮށްގެން މަސައްކަތް ކުރާ އެއްޗެކެވެ.

- ކޮމެންޓް