ކ. މާލެ
|
29 މެއި 2023 | ހޯމަ 21:54
އެމެރިކާ ކޯސްޓްގާޑުގެ ބޯޓެއް
އެމެރިކާ ކޯސްޓްގާޑުގެ ބޯޓެއް
ރޮއިޓާސް
ފިލިޕީންސް، އެމެރިކާ، ޖަޕާން ކޯސްޓްގާޑް ތަމްރީން
ފިލިޕީންސް، އެމެރިކާ، ޖަޕާން ގުޅިގެން ފުރަތަމަ ފަހަރަށް ކޯސްޓްގާޑް ތަމްރީނެއް ކުރިއަށްގެންދަނީ
 
މިތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ޖޫން އެކަކުން ހަތްވަނަ ދުވަހަށް
 
މި ޕްރޮގްރާމްގައި ފިލިޕީންސްގެ ހަތަރު އުޅަނދާއި، އެމެރިކާގެ އުޅަނދަކާއި ޖަޕާނުގެ އުޅަނދެއް ބައިވެރިވާނެ
 
މި ޕްރޮގްރާމްގައި އޮބްޒަރވަރެއްގެ ގޮތުން އޮސްޓްރޭލިއާއިން ބައިވެރިވާނެ

ފިލިޕީންސް، އެމެރިކާ އަދި ޖަޕާން ގުޅިގެން ފުރަތަނަ ފަހަރަށް ކޯސްޓްގާޑް ތަމުރީން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ތިން ގައުމު ގުޅިިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ ޓްރައިލަޓެރަލް މެރިޓައިމް، ކޯސްޓްގާޑް ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މި ހަފުތާގައި ދެކުނު ޗައިނާ ކަނޑުގައެވެ. މިތިން ގައުމުން ގުޅިގެން މިފަދަ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމާފައި މިވަނީ އެސަރަހައްދުގެ ގައުމުތަކާއި އަދި އެމެރިކާއާވެސް ޗައިނާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވާން ފަށާފައިވާ ދުވަސްތަކެއްގައެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ޖޫން އެކަކުން ހަތްވަނަ ދުވަހަށެވެ.

މި ޕްރޮގްރާމްގައި ފިލިޕީންސްގެ ހަތަރު އުޅަނދާއި، އެމެރިކާގެ އުޅަނދަކާއި ޖަޕާންގެ އުޅަނދެއް ބައިވެރިވާނެއެވެ.

ޖަޕާނާއި އެމެރިކާ އިސްވެ އޮވެ ކުރިއަށްގެންދަން ނިންމި މި ޕްރޮގްރާމްގައި އޮބްޒަރވަރެއްގެ ގޮތުން އޮސްޓްރޭލިއާއިން ބައިވެރިވާނެކަމަށް ފިލިޕީންސުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް