ކ. މާލެ
|
29 މެއި 2023 | ހޯމަ 07:29
ރަންބޫޓާއެކު ހާލަންޑް
ރަންބޫޓާއެކު ހާލަންޑް
ރޮއިޓާސް
ރަންބޫޓް ހާލަންޑަށް
ހާލަންޑަށް ރަންބޫޓް ހަވާލުކޮށްފި
 
ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިއަކީވެސް ހާލަންޑް

އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ ސީޒަންގައި އެންމެ ގިނަ ގޯލް ޖެހި މެންޗެސްޓަރ ސިޓީގެ ހާލަންޑަށް ރަންބޫޓް ހަވާލުކޮށްފިއެވެ.

ލީގުގެ 38 މެޗުން ހާލަންޑް ވަނީ 36 ގޯލް ޖަހާފައެވެ. ޕްރިމިއަރ ލީގުގެ އެއް ސީޒަނެއްގައި ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ވެސް ނޯވޭގެ ޒުވާން ފޯވާޑް ހާލަންޑެވެ. ލަނޑު ޖެހުމުގެ އިތުރުން ލީގުގައި އަށް ގޯލް ޖަހަން އޭނާ އެހީވިއެވެ. ހާލަންޑްގެ ފަހަތުން ދެވަނާގައި ހުރި ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ޖެހި ލަނޑުގެ އަދަދަކީ 28 އެވެ.

ލީގުގެ ރަންބޫޓްގެ އިތުރުން މޮޅު ކުޅުންތެރިޔާގެ އެވޯޑާއި, އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދީ ހާލަންޑެވެ. މިއާއެކު ހާލަންޑް ވެފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ އެއް ސީޒަނެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. 22 އަހަރުގެ ފޯވާޑްގެ ސީޒަންގެ ޖުމްލަ އަކީ 52 ގޯލެވެ. އެކަމަކު އެ އަދަދު އިތުރުވުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.

އެއް ސީޒަނެއްގައި ދެ އެވޯޑް (މޮޅު ކުޅުންތެރިޔާއާ ޒުވާން ކުޅުންތެރިޔާ) ލިބުމަކީ ބޮޑު އުފަލެއް އަދި ޝަރަފެއް. އަހަންނަށް ވޯޓްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން.
ހާލަންޑް/ މެންޗެސްޓަރ ސިޓީގެ ފޯވާޑް

ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ ސީޒަންގައި ހާލަންޑް ވަނީ ސިޓީއާއެކު ލީގު ހޯދާފައެވެ. ޗެމްޕިއަންސް ލީގާއި އެފްއޭކަޕް ފައިނަލަށް ދަތުރުކޮށްފައިވުމުން ތިން ތަށި ހޯދުމުގެ ފުރުޞަތު އެބައޮތެވެ. ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަންގެ މޮޅު ފިރިހެން ކުޅުންތެރިއަކީ ވެސް ހާލަންޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް