ކ. މާލެ
|
28 މެއި 2023 | އާދީއްތަ 11:46
އެފްއޭއެމްގެ ރައީސް ބައްސާމް، ފީފާގެ ރައީސް އަދި އޭއެފްސީގެ ރައީސާއެކު
އެފްއޭއެމްގެ ރައީސް ބައްސާމް، ފީފާގެ ރައީސް އަދި އޭއެފްސީގެ ރައީސާއެކު
އެފްއޭއެމް
ޕެލޭ ސްޓޭޑިއަމް ހުޅުވުން
އިންފަންޓީނޯގެ ޚާއްސަ ޝުކުރެއް ދިވެހިރާއްޖެއަށް
 
ޕެލޭގެ ހަނދާނުގައި އެންމެ ފުރަތަމަ ދަނޑެއް ހުޅުވާފައިވަނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ ބިސާއުގަ

މަހިބަދޫގެ ޓާފް ދަނޑުގެ ނަން ޕެލޭ ސްޓޭޑިއަމްގެ ނަމަށް ބަދަލުކުރުމުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޝުކުރު އަދާކޮށްފިއެވެ.

ބްރެޒިލްގެ ލެޖެންޑު ޕެލޭ މަރުވުމާ ގުޅިގެން ކޮންމެ ގައުމެއްގައި ޕެލޭގެ ނަމުން ސްޓޭޑިއަމް އެއް އެޅުމަށް އިންފަންޓީނޯ އެދިލައްވާފައިވަނިކޮށް، މަހިބަދޫ ދަނޑުގެ ނަން، ޕެލޭ ސްޓޭޑިއަމްގެ ނަމަށް ބަދަލުކޮށް، އަލުން ހުޅުވީ ހޮނިހިރު ދުވަހުއެވެ. އިންފަންޓީނޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ވަނީ އެފްއޭއެމް އަށާ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށާ، މަހިބަދޫ ރައްޔިތުންގެ އިތުރުން މުޅި ގައުމަށް ޝުކުރު އަދާކޮށްފައެވެ.

އިންފަންޓީނޯގެ އިންސްޓަގްރާމް ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ޕެލޭގެ ހަނދާންތައް އަބަދުވެސް އަހަރެމެން ތެރޭގައި ވާނެކަމާއި، އަންހެން އަދި ފިރިހެން ކުދިން ޝާމިލުވާހެން ކުރިޔަށް އޮތް ޖީލުތަކުގައިވެސް ޕެލޭ އަކީ ކާކުކަން އެނގުން އެއީ މުހިއްމު ކަމެއް ކަމަށެވެ. އިންސްޓަގްރާމް ޕޯސްޓުގައި އިންފަންޓީނޯ ވަނީ ޕެލޭ ސްޓޭޑިއަމް ހުޅުވުމަށް ގައުމީ ޓީމާއި މަހިބަދޫ ޓީމު ކުޅުނު މެޗުގެ ފޮޓޯ އާއި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯ ހިމަނާފައެވެ.

ޕެލޭ އަކީ ފީފާ ވޯލްޑް ކަޕު ތިން ފަހަރު ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާގެ ހަނދާނުގައި އެންމެ ފުރަތަމަ ދަނޑެއް ހުޅުވާފައިވަނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ ބިސާއުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް