ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 09:54
ރެއާލަށް ކުޅެމުން އަންނަ އަސެންސިއޯ
ރެއާލަށް ކުޅެމުން އަންނަ އަސެންސިއޯ
ޓްވީޓަރ
ރެއާލް މެޑްރިޑު
އަސެންސިއޯ ރެއާލް ދޫކޮށްލުމުގެ ފުރުސަތު ބޮޑު
 
އެކަމުގައި ރެއާލުން ހުށަހެޅި ހުށަހެޅުން ގަބޫލުނުކުރުމަަށް އަސެންސިއޯ ވަނީ ނިންމާފައިކަމަށް ރިޕޯޓުތައް ބުނޭ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކިންގ މިޑްފީލްޑަރު މާކޯ އަސެންސިއޯ, މި ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފިއެވެ.

މަޔޯކާ ދޫކޮށް އަސެންސިއޯ ރެއާލަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. ހަ އަހަރު ދުވަހަށް އެކުލަވާލި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2019 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ކުރިން 2017 ވަނަ އަހަރު ރެއާލުން ވަނީ އޭނާގެ އެއްބަސްވުން އައުކޮށްފައެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ރެއާލުން ވަނީ އަސެންސިއޯއާއެކު އެއްބަސްވުން އައުކުރުމުގެ މަޝްވަރާ ކޮށްފައިކަމަށާއި، ނަމަވެސް އެ މަޝްވަރާތަކުން އިތުރު އަލި މަގެއް ފެނިފައި ނުވާކަަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އެކަމުގައި ރެއާލުން ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަަށް އަސެންސިއޯ ނިންމާފައިވާކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން މި ސީޒަަނަށްފަހު އަސެންސިއޯ ރެއާލް ދޫކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ބުނެފައެވެ.

މުސްތަގުބަލާމެދު އަސެންސިއޯ ކުރިއަަށް އޮތް ތަނުގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށާއި، އޭނާ ހޯދަން ބޭނުންވާ ގިނަ ކުލަބުތައް އެބަހުރި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމުގައި އަސެންސިއޯގެ އެޖެންޓް މިހާރު އަންނަނީ މަސައްކަތްކުރަމުން ކަމަށާއި، އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބުތަކުން އޭނާ ހޯދުމުގެ ޝައުގުވެރިކަން ގެންގުޅޭކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން ވެސް އޭނާ ހޯދުުމުގެ ޝައުގުވެރިކަން ގެންގުޅޭމ ކަމަށް ބުނެފައިވެއެވެ.

އަސެންސިއޯ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 285 މެޗުގައި 61 ލަނޑު ޖަހައިފައެވެ. އެ ޓީމާއެކު އޭނާ ވަނީ 16 ތައްޓެއްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް